Roadha Mihaaru
މުރައިދޫގޭގެ މަރާމާތުގެ މަސައްކަތްކުރީ ވެމްކޯއިން

މަޖިލިހުގެ ރައީސްގެ ގެކޮޅުގެ މަރާމާތުގެ މަސައްކަތްކުރީ ވެމްކޯއިން

04 އޯގަސްޓް 2024

ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު، މުރައިދޫ މަރާމާތު ކުރުމުގެ މަސައްކަތް ކުރީ ވެމްކޯ އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލިހުގެ ރައީސަށް ދައުލަތުން ހާއްސަ ކޮށްފައިވާ ގެކޮޅު، މުރައިދޫ މަރާމާތު ކުރުމުގެ މަސައްކަތް ކުރީ ވެމްކޯ އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މުރައިދޫއަކީ މެއި 6، 2021 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ބަލަން ޖެހޭ ކަންކަމާ ގުޅިގެން މަޖިލީހުގެ ރައީސުން ދިރިއުޅުއްވުމަށް ދައުލަތުން ހާއްސަ ކުރި ގެކޮޅެކެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ގެކޮޅަށް ބަދަލުވެވެޑައިގަތުމުގެ ކުރިން، ކުރަން ޖެހުނު މަރާމާތުތައް ކުރީ ވެމްކޯ އިން ކަން އެ ކުންފުނިން ވެސް "މިހާރު" އަށް ކަށަވަރު ކޮށްދިނެވެ.

ނަމަވެސް އެ މަސައްކަތަށް ހަރަދު ކޮށްފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފިނޭންސް މިނިސްޓްރީ އާއި ވެމްކޯ އިން ވެސް ނުބުނެ އެވެ.

މުރައިދޫގޭގެ މަރާމާތަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އެ ގެކޮޅަށް ބަދަލުވެވަޑައިގަތީ މިދިޔަ ޖުލައި 26 ވަނަ ދުވަހު އެވެ. އެއީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަސް ވެސް މެ އެވެ.