28 ޖުލައި 2024
އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް މެޑަލް ހޯދި އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އިންޑިއާގެ ޕީވީ ސިންދު އަތުން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދު ރައްޒާގު މިއަދު ބަލިވި ނަމަވެސް، ވަރުގަދަ ފައިޓެއް ދީފި އެވެ.
އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް މެޑަލް ހޯދި އިންޑިއާގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ އިންޑިއާގެ ޕީވީ ސިންދު އަތުން ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދު ރައްޒާގު މިއަދު ބަލިވި ނަމަވެސް، ވަރުގަދަ ފައިޓެއް ދީފި އެވެ.
އެންމެ ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ލޯ މެޑަލް އަދި އޭގެ ކުރިން ބޭއްވި ރިއޯ އޮލިމްޕިސްގައި ރިހި މެޑަލް ހޯދި ސިންދު މިއަދު ނަބާހާ އަތުން މޮޅުވީ 2-0 އިންނެވެ. އޭޝިއާގައި ވެސް އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓްގެ ކުރީކޮޅު ނަބާހާ ރަނގަޅު ޗެެލެންޖެއް ދިނެވެ.
ސިންދު 21-9 އިން ކާމިޔާބު ކުރި ސެޓުގެ ކުރީކޮޅު ނަބާހާ ވަނީ ދެ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ހަތަރު ޕޮއިންޓް ހޯދި ފަހުން ސިންދު ބޮޑު ލީޑެއް ނެގި އެވެ. އޭގެ ފަހުން އިތުރު ފަސް ޕޮއިންޓް ހޯދައި ނަބާހާ އަށް ހަމަހަމަ ހޯދުނީ ޖުމުލަ ނުވަ ޕޮއިންޓެވެ.
ދެ ވަނަ ސެޓުގައި ސިންދު ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެ ސެޓްގައި ސިންދުގެ ފުރަތަމަ 11 ޕޮއިންޓަށް ފަހު އޭނާ މެޗުގެ ޓެމްޕޯ ދަށްކޮށްލި އެވެ. އެވަގުތުގައި ނަބާހާ ޕޮއިންޓަކެއް ހޯދި އެވެ. އެ ސެޓް ސިންދު ކާމިޔާބު ކުރީ 21-6 ންނެވެ.
ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްގައި ވާދަކުރާ ނަބާހާ ހިމެނޭ ގުރޫޕް އެމްގައި އަދި އޭނާ އަށް އެއް މެޗު އެބައޮތެވެ. ދެން އެ ގުރޫޕްގައި ހިމެނެނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާ އެވެ.
ދުނިޔޭގެ ރޭންކިންގެ 74 ވަނައިގައި އޮތް ކޫބާއާ ދެކޮޅަށް ނަބާހާ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ރާއްޖޭ ގަޑިން މެންދުރު 11:30 ގަ އެވެ. ސިންދު އާއި ކޫބާ ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހު އެވެ.
ކޫބާއާ ދެކޮޅަށް ނަބާހާ ދެއްކީ ރަނގަޅު ކުޅުމެއް
ނަބާގެ ފުރަތަމަ މެޗު، ބޮޑު ޗެލެންޖަކަށް
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ވިސާ ނުލިބުމުން ނަބާ އަށް ޓްރޭނިން އަށް ނުދެވުނު
ނަބާހާ އަށް ވިދިވިދިގެން ދެވަނަ އޮލިމްޕިކްސް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް