ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތަނުގެ ހާލަތު ބެލުމަށް އެ ކޮމިޓީން ޓްރައިބިއުނަލަށް ދާން ނިންމައިފި އެވެ.
24 ޖުލައި 2024
ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން އަމިއްލަ ފަރާތަކުން ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ތަނުގެ ހާލަތު ބެލުމަށް އެ ކޮމިޓީން ޓްރައިބިއުނަލަށް ދާން ނިންމައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅިގެން ކޮމިޓީން ބަލަމުންދާ މައްސަލަތައް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ބައްދަލުވުން ސިއްރު ކޮށްގެންނެވެ. އެ މައްސަލައިގެ ކަންކަން ސާފުކުރުމަށް ކޮމިޓީގެ އެންމެ ފަހުގެ ބައްދަލުވުމަށް ރެޖިސްޓްރާ އަބްދުﷲ ހިލްމީ ވެސް ހާޒިރުކޮށް، މައުލޫމާތު އޮޅުން ފިލުވި އެވެ.
މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފުވައްމުލަކު މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަލީ ފަޒާދު ވިދާޅުވީ، ރެޖިސްޓްރާ ހިލްމީ ދެއްކެވި ވާހަކަތަކާއި ޓްރައިބިއުނަލްގެ މެމްބަރުންގެ ޝަކުވާތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ މެންބަރުން ކޮމިޓީ އަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.
އެކަމަށް ތާއީދު ކުރައްވައި ކުރެންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ޝާމިން ހަބީބް ވިދާޅުވީ، އެ އިދާރާގެ ހާލަތު އޮތް ގޮތް ރެޖިސްޓްރާ ވަރަށް ބޮޑަށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ. އެހެންވެ، އެ ކަންކަން ބަލަން ޖުޑީޝަރީ ކޮމިޓީން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދިއުމަށް އޭނާ ހުށަހެޅުއްވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މައްސަލައިގެ ޒާތުން، ކޮމިޓީގެ ރައީސާއި ނައިބު ރައީސް ވަކިން، އަދި ތިން މެންބަރުން ކޮމިޓީ އަށް ވަކިން ހާޒިރުކުރުން އެދެވިގެންވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެންމެ މަސްލަހަތު އޮތް ގޮތަކީ އެއީ ކަމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މި ހުރިހާ ހުށަހެޅުމެއް ފާސްކޮށްފަ އެވެ. މެންބަރުން ވަނީ މައްސަލަ އިތުރަށް ފުރިހަމައަށް ކުރިއަށް ގެންދެވޭނީ އެގޮތަށް ކަމަށް ވާތީ، އެ ތަނަށް މެންބަރުން ވަޑައިގެން ހާލަތު ދެނެގަތުމަށް ނިންމައިފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް 13 ނަމެއް
ޓެކްސް ޓްރައިބިއުނަލްގެ މެންބަރުންތަކެއް ވަކިކުރަން ލަފާ
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ރުހުންދީފި
ސަލީމާއި ހަމީދު އައްޔަންކުރަން ކޮމިޓީން ރުހުންދީފި
ފިލްޒާގެ ލަފާ ގޯސް، އިޖުރާއީ ގޯހެއް ނޯންނާނެ: ރިޒާ
ފަނޑިޔާރުން ވަކިކުރުމާ މެދު ކުރީގެ ޕީޖީގެ އިލްތިމާސެއް
ފަނޑިޔާރުންގެ މައްސަލައިގެ އިޖުރާއީ ގޯހެއް ނެތް:ކޮމިޓީ
ފަނޑިޔާރުންގެ މައްސަލައިގެ ބަހުސަށް ޖުމްލަ ދެ ގަޑިއިރު
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފި
ފަނޑިޔާރުންގެ މައްސަލަ ތަޅުމަށް ފޮނުވައިފި