11 ޖުލައި 2024
އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމަށް ތާއީދުކުރުމަށް، އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ ވަރުގަދަ އެއް މެންބަރު ނެންސީ ޕެލޯސީ ދެކޮޅުހެއްދެވުމުން ބައިޑެން އަށް ހާސްކަން ބޮޑުވެފައި ވަނިކޮށް ޕާޓީގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އެކްޓަރު ޖޯޖް ކްލޫނީ ވެސް ބައިޑެން ރިޔާސީ ރޭސް ދޫކޮށްލުމަށް ގޮވާލައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭހުގައި ހުންނެވުމަށް ތާއީދުކުރުމަށް، އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ ވަރުގަދަ އެއް މެންބަރު ނެންސީ ޕެލޯސީ ދެކޮޅުހެއްދެވުމުން ބައިޑެން އަށް ހާސްކަން ބޮޑުވެފައި ވަނިކޮށް ޕާޓީގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އެކްޓަރު ޖޯޖް ކްލޫނީ ވެސް ބައިޑެން ރިޔާސީ ރޭސް ދޫކޮށްލުމަށް ގޮވާލައިފި އެވެ.
"އަހަރެން ޖޯ ބައިޑެން ދެކެ ލޯބިވޭ،" މަޝްހޫރު އެތައް ތަރިންނަކާ އެކު މިދިޔަ މަހު ޕާޓީއަށް ފަންޑު ހޯދުމުގެ އިވެންޓްތައް ވެސް ބޭއްވި ކްލޫނީ ބުންޏެވެ. "އެކަމަކު އޭނާއަށް ކާމިޔާބު ނުކުރެވޭނެ ހަނގުރާމައީ ވަގުތާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމަ."
އޭނާ ބުނީ މީގެ ތިން ހަފްތާ ކުރިން ބައިޑެންގެ ކެމްޕެއިނަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓުގައި ހުރި ބައިޑެން އަކީ 2010 ވަނަ އަހަރު ބައްދަލުވި ބައިޑެން ނޫން ކަމަށާއި އެހެން ބުނަން ޖެހޭތީ ވަރަށް ދެރަވާ ކަމަށެވެ.
"އެއީ 2020 ވަނަ އަހަރު ފެނުނު ބައިޑެންއެއް ވެސް ނޫން. އެއީ ހަމަ ރިޔާސީ ބަހުސްގައި އެ ފެނުނު ބައިޑެން،" އިދިކޮޅު ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބަހުސްގައި ފެނުނު ނިކަމެތި ގޮތަށް އިޝާރާތްކޮށް ކްލޫނީ ބުންޏެވެ.
ހޮލީވުޑްގެ ސްޓާރު ޖޫލިއާ ރޮބާޓްސް އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބްމާ ބައިވެރިވެ ވަޑައިގެން ކްލޫނީ ބޭއްވި ފަންޑު ރެއިޒިން އިވެންޓްގައި ވެސް ބައިޑެން ފެނުނީ ވަރަށް ވަރުބަލިކޮށެވެ.
އެކަމަކު އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވަމުން ގެންދަނީ އޭނާއަށް ބަހުސްގައި ހުއްޓުން އަރައި ވާހަކަ ދައްކަން ދަތިވީ ޖީ7ގެ ސަމިޓަށް ވަޑައިގަތުމަށް ފަހު ސީދާ ބަހުސަށް ވަޑައިގަންނަވަން ޖެހުމާއި އޭރު ވަރަށް ވަރުގަދަ ރޯގާއެއް ޖެހިގެން އުޅުމުން ކަމަށެވެ.
ކްލޫނީ ބައިޑެންއާ ދެކޮޅަށް ވާހަކަ ދައްކާފައި ވާއިރު ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކުރީގެ ރައީސް ނެންސީ ޕެލޯސީ ވަނީ ބައިޑެން ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ދަނިކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ބައިޑެން ރިޔާސީ ރޭހުން ވަކިވާ ނަމަ އެކަމާ ގޮތެއް ނިންމަން ވަގުތު ކުޑަތަންވަމުން އަންނަ ކަމަށެވެ.
"އެކަމުގައި ގޮތެއް ނިންމަވާނީ ރައީސް،" އެމްއެސްއެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޕެލޯސީ، 86، ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން ވެސް ރައީސަށް ބާރުއަޅަމުން މި ގެންދަނީ އެކަމުގައި އަވަހަށް ގޮތެއް ނިންމެވުމަށް."
ބައިޑެން ރިޔާސީ ދެ ވަނަ ދައުރަކަށް ސިއްހީ ގޮތުންނާއި އުމުރުގެ ގޮތުން ވެސް އެކަށީގެންނުވާ ކަމަށް ބުނެ ޕާޓީ ތެރެއިން އިސް ބޭފުޅުން ވާހަކަ ދެއްކެވުން އިތުރުވެފައި ވިޔަސް ބައިޑެން ގެންދަވަނީ ކެމްޕެއިން ވަރުގަދަކުރައްވަމުންނެވެ. އޭނާ ވިދާޅުވަނީ މި އަހަރުގެ ރިޔާސީ ރޭހުގައި ހުންނަވާނެ ކަމަށާއި ޓްރަމްޕް ބަލިކޮށް ވެރިކަން ވެސް ކަށަވަރުކުރައްވާނެ ކަމަށެވެ. -- އޭއެފްޕީ
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެން އިންތިހާބުގައި ވާދަ ނުކުރަން ނިންމަވައިފި
ރިޔާސީ ރޭހުން ވަކިވުމެއްނެތް، މަންޒަރު ސާފު: ބައިޑެން
ބައިޑެންއާ މެދު އޮބާމާ ވެސް ސުވާލު އުފައްދަވައިފި
ބައިޑެން އަށް ކޮވިޑް ޖެހި ކެމްޕެއިން މަޑުޖެހިއްޖެ
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
"ރިޔާސީ ރޭހުން ބައިޑެން ވަކިވުމުގެ ޗާންސަކީ ސުމެއް"