09 ޖުލައި 2024
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ އިދާރާ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެ މަގާމުން ވަކިކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާ އިދާރާ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް އެ މަގާމުން ވަކިކޮށްފި އެވެ.
އޭނާ ވަކިކުރަން އެމްއެމްޕީއާރުސީގެ ބޯޑުން ނިންމައި އިއްޔެ އެކަން އޭނާއަށް އަންގާފައިވާ ކަމަށް އެނގިފައި ވެ އެވެ. ނަމަވެސް، ބައްސާމް ވަކިކުރަން ނިންމީ ކޮން ސަބަބަކާ ހެދި ކަމެއް ސާފެއް ނުވެ އެވެ. އެމްއެމްޕީއާރުސީން ވެސް އެ ކަމާ ގުޅޭ ގޮތުން ވަކި ޖަވާބެއް ނުދެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ކުރިން ހުންނެވި ފާތިމަތު ތައުފީގް (ކުޑީ) އެ މަގާމުން ވަކިކުރުމާ ގުޅިގެން ކުންފުނީގެ ހިންގުމާ ހަވާލުވީ ބައްސާމެވެ. ނަމަވެސް، އެމްއެމްޕީއާރުސީ އަށް މިހާރު ވަނީ އާ އެމްޑީއަކު އައްޔަންކޮށްފަ އެވެ.
ފެއާއެއްގެ ތެރެއިން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ބައްސާމްގެ މައްޗަށް ސޯޝަލް މީޑިއާގައި ކުރުމުން، އެ މައްސަލަ އެމްއެމްޕީއާރުސީ އިން ބެލި އެވެ. ނަމަވެސް، އެކަމުގައި އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ބައްސާމްގެ އިތުރުން ކުންފުނީގައި ގިނަ ދުވަސްވީ މުވައްޒަފެއް ކަމަށްވާ އިބްރާހިމް އާސިމް ވެސް ބޯޑުގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ވަކިކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި ވެސް މަސައްކަތްކޮށްފައިވާ އާސިމަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާތާ ވިއްސަކަށް އަހަރު ވެފައިވާ ބޭފުޅެކެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރްއައިން ޖަނާހު އިސްތިއުފާ ދެއްވައި، އާ މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރުމާ ހިސާބަށް އެ ކުންފުނި ހިންގެވީ ބައްސާމެވެ.
އެނގިފައިވާ ގޮތުގައި، އެމްއެމްޕީއާރުސީ ހިންގަމުން އަންނަ ގޮތާ މެދު ކުރީގެ އެމްޑީ އާއި އެ ކުންފުނީގެ ބޯޑާ ދެމެދު ވަނީ ގިނަ ހަޔާލު ތަފާތުވުންތަކެއް އުފެދުނެވެ. ބައެއް ހަރަކާތްތައް ހިންގުމަށް ހަރަދު ކުރުމުގައި އެ ކުންފުނިން ނިންމާފައިވާ ނިންމުންތަކާ މެދު ބޯޑުގެ ބައެއް މެންބަރުންނާ މެދު ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ.
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
އެމްއެމްޕީއާރުސީ އާއި މަޓީގެ ގުޅުން ހަރުދަނާ ކުރަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ޝިއުރީ
ދެމިލިއަންޑޮލަރުގެ ދައުވާ އެމްއެމްޕީއާރުސީއަށް ނާކާމިޔާބު
އެމްއެމްޕީއާރުސީން ވީޗެޓާ އެކު ހާއްސަ އެއްބަސްވުމެއް
ނުރްއައިން ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިފި