Roadha Mihaaru
ރަންވީރާ އެކު އެކު މަސައްކަތް ކުރަން ބޭނުން: ރަޔަން

ރަންވީރާއެކު އެކު މަސައްކަތް ކުރަން ބޭނުން: ރަޔަން

09 ޖުލައި 2024

ހޮލީވުޑްގެ ތަރި ރަޔަން ރެނޯލްޑްސް ބޮލީވުޑް ތަރި ރަންވީރު ސިންގްއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޮލީވުޑްގެ ތަރި ރަޔަން ރެނޯލްޑްސް ބޮލީވުޑް ތަރި ރަންވީރު ސިންގްއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

ރަންވީރަށް އޭނާ މި މެސެޖު ރައްދު ކުރީ އޭނާގެ ފިލްމު "ޑެޑްޕޫލް އެންޑް ވޮލްވެރިން"ގެ ޕްރޮމޯޝަނަލް ވީޑިއޯއެއްގެ ޒަރިއްޔާއިން މީހަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ. އެ ވީޑިއޯގައި އޭނާ ވަނީ ރަންވީރަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ.

ރަންވީރު ވަނީ "ޑެޑްޕޫލް" އަދި "ޑެޑްޕޫލް 2"ގެ ފިލްމުގެ ހިންދީ ވާޝަންގައި ރަޔަންގެ ރޯލަށް އަޑު އަޅައިދީފަ އެވެ.

މި އަހަރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ޑެޑްޕޫލް އެންޑް ވޮލްވަރީން" ހިމެނެ އެވެ.

އެ ފިލްމު ރިލީޒްކުރަނީ މި މަހު 26 ގަ އެވެ.

ރަންވީރް ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އޮކްޓޯބަރު މަހު ގެނެސްދޭން ނިންމާފައިވާ "ސިންގަމް އަގެއިން" އިންނެވެ.