Roadha Mihaaru
މުސްލިމުން މަނާކުރާ އާ އަމުރު އަންނަ ހަފުތާގައި ނެރެނީ

މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރާ އާ އަމުރު ނެރުން އަންނަ ހަފުތާ އަށް ފަސްކޮށްފި

23 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 23) - ހަތް ގައުމެއްގެ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ނެރުއްވި އަމުރު ކޯޓުން ހުއްޓުވާފައިވާތީ މި ހަފުތާގައި ނެރުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އާ އަމުރު އަންނަ ހަފުތާ އަށް ފަސްކޮށްފައިވާ ކަމަށް ވައިޓްހައުސް އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަލަށް ނެރޭ އަމުރުގައި، ކޯޓުން ފާހަގަކުރި ކަންކަމަށް ބަލާފައިވާނެ ކަމަށް ވައިޓްހައުސް އިން ބުނެފައިވެ އެވެ. ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނީ އަލަށް ނެރޭ އަމުރު "ހަރުކަށިވެފައި" މާ ފުރިހަމަވާނެ ކަމަށެވެ. އަލަށް ނެރޭ އަމުރާއި ކުރީގެ އަމުރު ތަފާތުވާނީ ކޮން ގޮތަކުން ކަމެއް އަދި ނޭނގެ އެވެ.

ޓްރަމްޕް ނެރުއްވި ފުރަތަމަ އަމުރުގެ ދަށުން އިރާން، އިރާގު، ސީރިއާ، ޔަމަން، ސޮމާލިއާ، ސޫދާން އަދި ލީބިއާ މީހުން އެމެރިކާ އަށް ވަނުން ވަނީ 90 ދުވަހަށް މަނާކޮށްފަ އެވެ. އަދި ރެފިއުޖީ ޕްރޮގްރާމް ވަނީ 120 ދުވަހަށް ހުއްޓާލައިފަ އެވެ.

ޓްރަމްޕުގެ އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވި މައްސަލަ ޖަސްޓިސް ޑިޕާޓްމަންޓުން އިސްތިއުނާފް ކުރުމުން ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް އިސްތިއުނާފް ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ކޯޓުގެ ނިންމުމަށް ޓްރަމްޕް ވަނީ ފާޑު ވިދާޅުވެފަ އެވެ.