Roadha Mihaaru
މުސްލިމުން މަނާކުރި މައްސަލާގައި ކޯޓުން ސުވާލު އުފައްދައިފި

އެމެރިކާ އަށް އެތެރެވުން މަނާކުރުމަކީ މުސްލިމުންނާ ދެކޮޅު ކަމެއްތޯ ކޯޓުން ސުވާލު އުފައްދައިފި

08 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 8) - އެމެރިކާ އަށް ވަނުން މުސްލިމް ބައެއް ގައުމުތަކުގެ މީހުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސަބަބުން މުސްލިމުންނަށް ތަފާތު ކުރޭތޯ އިސްތިއުނާފް ކޯޓުން ސުވާލު އުފައްދައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 8) - އެމެރިކާ އަށް ވަނުން މުސްލިމް ބައެއް ގައުމުތަކުގެ މީހުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސަބަބުން މުސްލިމުންނަށް ތަފާތު ކުރޭތޯ އިސްތިއުނާފް ކޯޓުން ސުވާލު އުފައްދައިފި އެވެ.

ޓްރަމްޕް ނުރެއްވި ގަރާރުގައިވާ ގޮތުން ހަތް ގައުމެއްގެ މުސްލިމުންނާއި ރެފިއުޖީން އެމެރިކާ އަށް އެތެރެވުން ވަނީ ވަކި މުއްދަތަކަށް މަނާކޮށްފަ އެވެ.

ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްގައި މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ރިޗަޑް ކްލިފްޓަން ވަނީ އެމެރިކާ ސަރުކާރުގެ އަމުރުގެ ސަބަބުން އަސަރު ކުރަނީ މުސްލިމުންގެ އެންމެ 15 ޕަސެންޓް މީހުންނަށް ކަމަށްވާ އިރު އެއީ މުސްލިމުން ތަފާތު ކުރުންތޯ އައްސަވައިފަ އެވެ.

ސީރިއާގެ ރެފިއުޖީންތަކެއް ޝިކާގޯ އެއާޕޯޓުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

ސީރިއާގެ ރެފިއުޖީންތަކެއް ޝިކާގޯ އެއާޕޯޓުން ނުކުންނަނީ. --ފޮޓޯ:އޭއެފްޕީ

ކޯޓުގެ އިއްޔެގެ އަޑުއެހުންތަކުގައި ދެފަރާތުން ވަނީ ގަޑިއެއްހާ އިރަށް ވާހަކަ ދައްކައިފަ އެވެ. ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ޓްރަމްޕް ނެރުއްވި އަމުރު ޑިސްޓްރިކްޓް ކޯޓުން ހުއްޓުވާފައި އޮތް އޮތުން ބާތިލްކޮށް އެ އަމުރު އަލުން އިޔާދަ ކުރުމަށް އެދިފަ އެވެ. ވަކީލް އޮގަސްޓް ފްލެންޖް ވިދާޅުވީ ގައުމަށް ވަންނަ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ކޮންގްރެސް އިން ރައީސް އަށް ދީފައިވާ ކަމަށެވެ. މަނާކުރި ހަތް ގައުމުގެ މީހުންގެ ނުރައްކަލަކީ ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރުމުން ވަކީލް ވިދާޅުވީ އެމެރިކާގައި ދިރިއުޅޭ ސޮމާލިއާ މީހުން އަލް ޝަބާބު ޖަމާއަތާ ގުޅުން އޮންނަ ކަމަށެވެ. ރައްދުގައި ވޮޝިންޓަން ތަމްސީލްކުރާ ވަކީލް ވިދާޅުވީ ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވުމުން އެމެރިކާ ސަރުކާރަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ސޮލިސިޓާ ޖެނެރަލް ނޯ ޕާސެލް ވިދާޅުވީ އިމިގްރޭޝަން ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ވޮޝިންޓަނުގެ އެތައް ބަޔަކަށް އަސަރު ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ވޮޝިންޓަނަށް އަންނަ ކިޔަވާ ކުދިން ހުއްޓުވުމާއި ވޮޝިންޓަނުގައި ތިބި މީހުން އެ މީހުންގެ އާއިލާތަކާ ބައްދަލު ކުރުމަށް އެހެން ގައުމަކަށް ދަތުރު ނުކުރެވޭ ކަމަށެވެ.

ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް ކެލިފޯނިއާގައި ބަޔަކު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް ކެލިފޯނިއާގައި ބަޔަކު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ޖަސްޓިސް ޑިޕާޓްމަންޓުން ނެރުނު 15 ސަފުހާގެ ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕުގެ އަމުރަކީ ދީނަށް އިހުތިރާމް ކުރުމާ އެކު ނެރެފައިވާ ވަކި ފަރާތަކަށް ނުޖެހޭ އަމުރެއް ކަމަށެވެ. ޕާސެލް ވިދާޅުވީ މުސްލިމުން މަނާކުރުމުގެ ވާހަކަ ކެމްޕޭން ތެރޭގައި ވެސް ޓްރަމްޕް ދައްކަވާފައިވާ ކަމަށެވެ

ކްލިފްޓަން ވަނީ އެމެރިކާ ސަރުކާރުގެ އަމުރު ހިނގަނީ ހަތް ގައުމަށް ކަމަށްވާ އިރު އަދި އެ ހަތް ގައުމު ކަނޑައާޅާފައި ވަނީ ޓެރަރިޒަމްގެ ނުރައްކަލަށް ބަލާ، ރައީސް ބަރަކް އޮބާމާގެ ސަރުކާރާއި ކޮންގްރެސް އިން ކަމަށްވާ އިރު ކުރީ ސަރުކާރާއި ކޮންގްރެސް އިން އެކަންކޮށްފައި ވަނީ ދީނީ ތަފާތު ކުރުމެއް އޭގެ ފަހަތުގައި އޮވެގެންތޯ ސުވާލު ކުރައްވައިފަ އެވެ. ރައްދުގައި ޕާސެލް ވިދާޅުވީ ޓްރަމްޕުގެ އަމުރުގައި ގޮވާލާފައި ވަނީ މުސްލިމުން މުޅިން މަނާކުރަން ކަމަށާއި މިއީ މުސްލިމުން މަނާކުރުމެއް ވެސް ނޫން ކަމަށާއި މުސްލިމުން ތަފާތު ކުރުން ކަމަށެވެ.

މިދިޔަ މަހު 25 ވަނަ ދުވަހު ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު ހުއްޓުވުމާ ގުޅިގެން މަނާކުރި ހަތް ގައުމުގެ މީހުން ސައްހަ ވިސާ އޮތް ނަމަ ކުރިއެކޭ އެއްގޮތަށް އެމެރިކާ އަށް މިހާރު ދަތުރު ކުރެ އެވެ.