Roadha Mihaaru
ލޯނަށް ޝަރުތު ހަމަވި ދަރިވަރުން 500 އަށްވުރެ ގިނަ

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ދަރިވަރުން 500 އަށްވުރެ ގިނަ، ލިސްޓް މާދަމާ އިއުލާން ކުރަނީ

10 ޖޫން 2024

މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 500 އަށްވުރެ ގިނައިން ތިބި ކަމަށާއި މާދަމާ ލިސްޓު އިއުލާން ކުރާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިިދިޔަ ފެބްރުއަރީ މަހު އިއުލާނުކުރި ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ދަރިވަރުންގެ އަދަދު 500 އަށްވުރެ ގިނައިން ތިބި ކަމަށާއި މާދަމާ ލިސްޓު އިއުލާން ކުރާނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ބުނީ މި އަހަރު ލޯނަށް އެދި 1،709 ދަރިވަރުން ކުރިމަތިލި ކަމަށެވެ.

ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމާފައިވާތީ، ޝަރުތު ހަމަވާ 500 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ލޯނަށް ހޮވޭ ދަރިވަރުންގެ ލިސްޓް އިއުލާން ކުރާއިރު ހޮވޭ ދަރިވަރުންނަށް މިނިސްޓްރީގެ ޕޯޓަލްއިން އެކަން އެނގޭނެ ކަމަށާއި އެޕްލިކޭޝަންގެ "ސްޓޭޓަސް" ޕޯޓަލްގައި ބަދަލުވެއްޖެކަން މެސެޖަކުން ވެސް އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ނުހޮވޭ ދަރިވަރުން، ނުހޮވުނު ކަމާއި ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ބެލޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަ ނުވާ ސަބަބާމެދު އިތުރު ސުވާލެއް އޮތް ނަމަ އެކަން ބަޔާންކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

ޝަކުވާ ހުށައެޅުމަށް އެއް ހަފްތާގެ މުއްދަތެއް ލިބޭނެ ކަމަށައި ޝަކުވާ ހުށަހަޅާނީ އީމެއިލަކުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ސްޓޫޑެންޓް ލޯނުތައް ހުޅުވާލީ ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިތުރު ހަރަދަށްވާ ފައިސާއާ އެކު އެވެ. ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުގައި ލިބޭއިރު، އޭގެ ތެރޭގައި ހުރިހާ ހަރަދެއް ހިމެނެ އެވެ.