އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކާ ދެކޮޅުހެދުމުގެ ފިޔަވަޅެއްގެ ގޮތުން، ކޮލަމްބިއާ އިން އިޒްރޭލަށް ކޯލް ވިއްކުން މެދުކަނޑާލަން ނިންމާފައިވާކަން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިއުލާނުކުރައްވައިފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކާ ދެކޮޅުހެދުމުގެ ފިޔަވަޅެއްގެ ގޮތުން، ކޮލަމްބިއާ އިން އިޒްރޭލަށް ކޯލް ވިއްކުން މެދުކަނޑާލަން ނިންމާފައިވާކަން ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އިއުލާނުކުރައްވައިފި އެވެ.
ކޮލަމްބިއާ އަކީ އިޒްރޭލަށް އެންމެ ގިނައިން ކޯލް ވިއްކާ ގައުމެވެ. ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާގައި ހުންނަ އިޒްރޭލު އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެކަނި ވެސް ކޮލަމްބިއާ އިން އިޒްރޭލަށް 450 މިލިއަން ޑޮލަރުގެ ކޯލް ސަޕްލައިކުރި އެވެ.
ޣައްޒާގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލައިގައި ކޮލަމްބިއާ އިން މެއި މަހު ވަނީ އިޒްރޭލާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. އެކަމަކު އޭގެ ފަހުން ވެސް ކޯލްގެ ސަޕްލައި ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވަރަށް ދެކޮޅު ބޭފުޅެއް ކަމަށްވާ ޕެޓްރޯ ސޯޝަލް މީޑިއާގައި ވިދާޅުވީ ޣައްޒާގައި އިޒްރޭލުން "ނަސްލު ނައްތާލުމުގެ ޖަރީމާ ކުރިއަށް ގެންދާހާ ހިނދަކު" ކޯލްގެ ސަޕްލައި ހުއްޓާލާފައި ބާއްވާނެ ކަމަށެވެ.
ކޮލަމްބިއާގެ ސަރުކާރުން ނެރުނު ގަރާރުގައި ބުނެފައިވަނީ ޣައްޒާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމަށް އިންޓަނޭޝަަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ މަހު ފަހުކޮޅު ނެރުނު އަމުރަށް އިޒްރޭލުން ފުރިހަމަޔަށް ތަބާނުވާނާ ހިނދަކު ކޮލަމްބިއާ އިން އިޒްރޭލަށް ކޯލް ނުވިއްކާނެ ކަމަށެވެ.
ކޮލަމްބިއާ ސަރުކާރުން ބުނީ މި ގަރާރަށް އަމަލުކުރަން ފަށާނީ ގަރާރު ނެރޭތާ ފަސް ދުވަސް ފަހުން ކަމަށާއި އެހެންވެ މިހާރު އޯޑަރުދީ އަދި ހުއްދަ ދީފައިވާ ޝިޕްމަންޓްތަކަށް އަސަރެއް ނުކުރާނެ ކަމަށް ބުންޏެވެ.
ކޮލަމްބިއާ އިން އިޒްރޭލަށް ވިއްކާ ކޯލް އަކީ ހަތިޔާރު އުފެއްދުމާއި ސިފައިންގެ އަސްކަރީ އެކި ކަންކަމަށް ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ކޮލަމްބިއާ އިން ބުނެ އެވެ.
އިޒްރޭލަކީ ކޮލަމްބިއާ އަށް އެންމެ ގިނައިން ހަތިޔާރު ގަންނަ އެއް ތަން ކަމަށް ވިޔަސް ކޮލަމްބިއާގެ ރައީސް ވަނީ ދެން އިޒްރޭލުގެ ހަތިޔާރު ނުގަތުމަށް ވެސް ނިންމަވައިފަ އެވެ.
އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އިޒްރޭލުން ބުނަނީ އެ މީހުންގެ މަގްސަދު ހާސިލް ނުވަނީސް ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. -- އޭއެފްޕީ
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އެކްޓިވިސްޓުންގެ އެހީގެ ބޯޓު އިޒްރޭލުން ހުއްޓުވާނެ