04 ޖޫން 2024
އިންޑިއާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެ ގައުމުގެ ހިންދޫ ވަތަނީ ލީޑަރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަދި ކޯލިޝަނަށް ލިބުނު ކާމިޔާބީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގައި ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި އެ ގައުމުގެ ހިންދޫ ވަތަނީ ލީޑަރު ނަރެންދުރަ މޯދީގެ ބީޖޭޕީ އަދި ކޯލިޝަނަށް ލިބުނު ކާމިޔާބީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ދެ ދައުރު ބޮޑު ވަޒީރުކަން ކުރައްވައި ތިން ވަނަ ދައުރަކަށް ތައްޔާރުވެ ހުންނެވި މޯދީ އަށް ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވަން އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް މުއިއްޒު ނިންމެވުމާ އެކު، ދެ ގައުމުގެ ގުޅުމަށް ކޮންމެވެސް ވަރަކަށް ބުރޫއެރި ނަމަވެސް މިހާރު އެ ގުޅުން ރަނގަޅު ވަމުން އަންނަ ކަން ބައެއް މީހުން ފާހަގަކުރެ އެވެ.
މިހާތަނަށް އިންޑިއާގެ ވޯޓުގެ 95 ޕަސެންޓް ގުނާފައި ވާއިރު ބީޖޭޕީގެ ވޯޓުގެ ނިސްބަތަކީ 36.9 ޕަސެންޓެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ބޮޑުވަޒީރު މޯދީ އަށް އޭނާގެ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ. އެކަމަކު އެންމެ ފަހުން އޭނާ ކާމިޔާބުކުރެއްވި އިރު ބައި މިލިއަން ވޯޓުގެ ފަރަގު ހުއްޓެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއާ އެކުގަ އެވެ. ސީދާ ބީޖޭޕީއަށް ކުރި ލިބެނީ 240 ދާއިރާއަކުންނެވެ. ކުރިން އެ ޕާޓީއަށް އެކަނި 303 ދާއިރާ އޮތެވެ.
އިދިކޮޅު ކޮންގްރެސް އަށް ކުރިން 52 ދާއިރާ އޮތް ނަމަވެސް މިފަހަރު 98 އަށް ވަނީ މައްޗަށް ޖެހިލައިފަ އެވެ.
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އިންޑިއާގެ ސަލާމަތަށް ނުރައްކާވާ ކަމެއް ނުކުރާނެ:ރައީސް
ރައީސް މުއިއްޒު އާދިއްތަ ދުވަހު އިންޑިއާ އަށް
ބާކީ 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދީފި
މޯދީ، ރައީސް މުއިއްޒަށް އީދު ތަހުނިޔާ ފޮނުއްވައިފި
ރައީސް، ޖައިޝަންކަރުއާ ބައްދަލުކުރައްވައިފި
މޯދީ ހުވާކުރެއްވުމުގައި ރައީސް ބައިވެރިވެ ވަޑައިގެންފި
ރައީސަށް އިންޑިއާ އިން ހޫނު މަރުހަބާއެއް
ހުވާކުރާ ރަސްމިއްޔާތަށް އިސްކަންދިނީ ކައިރި ގައުމުތަކަށް
ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް: މޯދީ