03 ޖޫން 2024
މެޑްރިޑް (ޖޫން 3) – ރެއާލް މެޑްރިޑަށް، ކިލިއަން އެމްބާޕޭ ސޮއި ކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
މެޑްރިޑް (ޖޫން 3) – ރެއާލް މެޑްރިޑަށް، ކިލިއަން އެމްބާޕޭ ސޮއި ކުރިކަން އެ ކްލަބުން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
އުމުރުން 25 އަހަރުގެ އެމްބާޕޭ ސޮއި ކުރުވަން ރެއާލުން 2017 ގައި ވެސް މަސައްކަތް ކުރި އެވެ. އޭރު މޮނާކޯގެ ކުޅުންތެރިޔެއްގެ ގޮތުގައި ހުރި، (އޭރު އުމުރުން 18 އަހަރުގެ) އެމްބާޕޭގެ ޓްރާންސްފާއާ ބެހޭގޮތުން އެ ކްލަބާ އެކު ވެސް ރެއާލުން މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ.
އެކަމަކު މޮނާކޯއިން ލޯނު އެއްބަސްވުމުގެދަށުން އޭނާ ޕީއެސްޖީ އަށް ދޫކޮށްލި އެވެ. ޕީއެސްޖީން، އެމްބާޕޭއާ އެކު ރަސްމީ އެއްބަސްވުމެއްގައި ސޮއި ކުރުވީ ލޯނު އެއްބަސްވުމަށް އަހަރެއް ފަހުންނެވެ. އޭރު ސޮއި ކުރި އެއްބަސްވުން، ޖޫން 2022 ގައި ހަމަވާން ކައިރިވެފައި ވަނިކޮށް، އޭނާ ރެއާލަށް ބަދަލުވެދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވުނެވެ.
އެ ކްލަބާ އެކު އަނގަބަހުން އެއްބަސްވި ނަމަވެސް، އެމްބާޕޭ ނިންމުން ބަދަލުކޮށް ޕީއެސްޖީގެ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އާ ކުރުމަށް ނިންމި އެވެ. އެއެއްބަސްވުން މި މަހު ހަމަވާނެ އެވެ.
ރެއާލުން ހަތް އަހަރު ވަންދެން ކުރި އިންތިޒާރު، މިއަދު ފުރިހަމަ ކުރި އިރު އޭނާގެ ޓްރާންސްފާ އަށް އެ ކްލަބުން އެންމެ ސެންޓެއް ވެސް ހަރަދު ނުކުރެ އެވެ. އޭނާ ރެއާލަށް ބަދަލު ވަނީ ހިލޭ ޓްރާންސްފާގަ އެވެ.
ރެއާލާ އެކު އެމްބާޕޭ ސޮއި ކުރި ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ކްލަބްގެ ކުޅުންތެރިޔެއްގެ ގޮތުގައި އެމްބާޕޭ ތައާރަފުކުރަން ބާއްވާ ހަފުލާ، މި މަހު 14 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ ވާދަކުރުން ނިމެންދެން ލަސް ކުރުމަށް ރެއާލުން ވަނީ ނިންމައިފަ އެވެ.
އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް، ފްރާންސް ދަތުރުކޮށްފިނަމަ، ރެއާލްގެ ޕްރީ ސީޒަން ޓްއާގައި އެމްބާޕޭ ބައިވެރި ނުވާނެ އެވެ. ލަލީގާގެ ފުރަތަމަ ހަފުތާގެ މެޗުތަކުގައި ވެސް އެމްބާޕޭ ނުކުޅޭނެ އެވެ. އެ ކްލަބާ އެކު އޭނާ ފުރަތަމަ މެޗު ކުޅޭނީ އޯގަސްޓް 14 ގައި އެޓަލާންޓާއާ ދެކޮޅަށް ކުޅޭ ޔޫއެފާ ސުޕަ ކަޕްގަ އެވެ.
ރެއާލުން، އެމްބޭޕޭ އަށް މުސާރައިގެ ގޮތުގައި އަހަރަކު 13. 3 މިލިއަން ޑޮލަރު ދޭނެ އެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރުމުން، މުޅި އެއްބަސްވުމުގެ އަގުގެ ގޮތުގައި އިތުރު 108 މިލިއަން ޑޮލަރު (އެކި އަހަރުތަކަށް ބަހާލައިގެން) ރެއާލުން އޭނާ އަށް ދޭނެ އެވެ.
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި
ރެއާލަކީ އީގޯ ބޮޑު ޓީމެއްކަން އެމްބާޕޭއަށް ބުނެ ދީފި
މޮޅުކޮށްދިނުމަށްފަހު ރޮޑްރިގޯ ދެއްކީ އެމްބާޕޭގެ ވާހަކަ
ރެއާލުން އެމްބާޕޭއަށް ދޭން ބުނާ އަގު ކުޑަވުމުގެ ޝަކުވާ
ހޫނު މޫސުމުގައި ކެކިއަރާ އެމްބާޕޭގެ ވާހަކަ ފެނަށް
އެމްބާޕޭ ވަށައިގެން ހިނގާ ކަންކަމުން އަސަރެއް ނުކުރާނެ
މެޑްރިޑުން އެމްބަޕޭއާ ވާހަކަ ދައްކަން ތައްޔާރުވެއްޖެ
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ