ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލާސްކަންފުޅާ އުޅުއްވާތީ، އެ މަނިކުފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލާސްކަންފުޅާ އުޅުއްވާތީ، އެ މަނިކުފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ރަސްގެފާނަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ރަސްގެފާނަށް ދިގު އުމުރެއް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރަސްގެފާނު ސަލްމާން އަލާސްކަންފުޅާ އުޅުއްވާތާ މިހާރު ވަނީ ދުވަސްތަކެއްވެފަ އެވެ. އެ މަނިކުފާނު ގަދައަށް ހުން އައިސް، ހުޅުތަކުގައި ރިއްސާތީ ހެދި ޓެސްޓްތަކުން ފުއްޕާމޭގެ އަލާސްކަންފުޅެއް ޖެހިފައިވާކަން ވަނީ އެނގިފަ އެވެ.
އެކަމަށް ސިއްހީ ފަރުވާ އެ މަނިކުފާނު ހޯއްދަވަމުން ގެންދަވަނީ އަލްސަލާމް ގަނޑުވަރުގަ އެވެ.
މިހާރު އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ސަލްމާން ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ އެކު އެވެ. މިހާރު ސައުދީ އަރަބިއްޔާގެ ވަލީއަހުދަކީ ރަސްގެފާނު ސަލްމާންގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ބިން ސަލްމާން އެވެ. މުހައްމަދު ވަނީ ރަސްގެފާނުގެ ސިއްހީ ހާލަތާ ގުޅިގެން ރަސްމީ ދަތުރުފުޅެއް ވެސް ފަސްކުރައްވައިފަ އެވެ.
މި "ޕްރިންސް" ގެ ވާހަކަ
ރާއްޖޭގެ ތަރައްގީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން!
ހަރަމްފުޅު އިމާމް ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައިފި
ސައުދީ ފަންޑުގެ ސީއީއޯއަށް ޝަރަފުގެ އިއްޒަތް
ސައުދީއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވޭ: ރައީސް
ފަލަސްތީން ކޮންފަރެންސަށް ރައީސް ސައޫދީ އަށް
ދެގައުމެއްގެ މިނިސްޓަރުންނާ ރައީސް ބައްދަލުކުރައްވައިފި
"ރައީސްގެ ދަތުރުން ފެންނަނީ އަހުވަންތަކަމުގެ ގުޅުން"
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
ރައީސް ސައޫދީ އަށް، ވިޔަފާރީގެ އެއްބަސްވުމެއް!