21 ފެބުރުއަރީ 2017
ޕިޝާވަރު (ފެބްރުއަރީ 21) - ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ކޯޓަކަށް މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޕިޝާވަރު (ފެބްރުއަރީ 21) - ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ކޯޓަކަށް މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި ހަތަރު މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ޗަރުސައްދާ އަވަށުގެ ޓަންގީ އޭރިއާގެ ކޯޓަކަށް ވަންނަން އުޅެނިކޮށް ވަނީ ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާދޭ ތިން މީހުން ވަނީ މަރާލައިފަ އެވެ. މި ހަމަލާ ދިން ކަމަށް ބުނެފައި ވަނީ ތާލިބާން ޖަމާއަތެއް ކަމަށްވާ ޖަމާއަތު އަހުރާމުންނެވެ.
ކޯޓަށް ވަނުމުގެ ކުރިން ޖާނުންފިދާވުމުގެ ހަމާލާ ދިން މީހުން ވަނީ އަތު ބޮމާއި ބަޑިން ހަމަލާދީފަ އެވެ. ޖާނުންފިދާވުމުގެ ހަމަލާ ދިން މީހުންގެ ތެރޭން އެކަކު ވަނީ އަމިއްލަ އަށް ގޮއްވާލައިފަ އެވެ. އަަދި ގައިގައި ބޮން ހަރުކޮށްފައިވާ އިތުރު މީހަކު ވަނީ ކޯޓު ސަރަހައްދުން ފިލާފައި ކަމަށް ރޮއިޓާސް އިން ބުންޏެވެ.
މަރުވި ހަތަރު މީހުންގެ ތެރޭގައި ވަކީލަކު ވެސް ހިމެނެ އެވެ.
ޕާކިސްތާނުގެ ސޫފީ މިސްކިތަކަށް މިދިޔަ ހަފުތާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ވަނީ 80 މީހުން މަރާލައިފަ އެވެ. މި ހަމަލާ ދީފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ. ސޫފީ މިސްކިތަށް ދިން ހަމަލާ އަށް ފަހު ޕާކިސްތާން ސިފައިން ވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަނުގައި ވަނީ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލައިފަ އެވެ.
ޕާކިސްތާނުގެ ކޯޓެއްގައި ބޮމުގެ ހަމަލާއެއް ދީ 12 މަރު
ޕާކިސްތާނުގައި ޖާނުން ފިދާވެ 3 މީހުން މަރާލައިފި
ކޮއްކޮ މަރާލި ކަމަށް އެއްބަސްވި ބޭބެ ދޫކޮށްލައިފި
ޖާނުންފިދާވުމުގެ ހަމަލާއެއްގައި ކެންޑިޑޭޓަކު މަރާލައިފި
ކެމްޕޭން އެއްވުމެއްގައި ބޮން ގޮއްވައި 130 މަރު
ސޫފީން އަޅުކަންކުރާ ތަނަކަށް ދިން ހަމަލާގައި 72 މަރު
ޕާކިސްތާނުގައި ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާ
މުޝައްރަފުގެ މުދާ ހިފަހައްޓަން ކޯޓުން އަމުރުކޮށްފި
ދަރިފުޅު މަރާލި ކަމަށް ބައްޕަ އިންކާރުކޮށްފި
ޕާކިސްތާނު މިސްކިތަކަށް ހަމަލާދީ 23 މީހުން މަރާލައިފި