Roadha Mihaaru
ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް

ދިރާގުން "މަމްސް އެއިޑް" އަށް އެހީއެއް

22 މެއި 2024

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި ދިރާގުން ބައިވެރިވެއްޖެ އެވެ.

"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.

އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް ސްކޫލަށް ބޭނުންވާ ބޫޓާއި އިސްޓާކީނު، ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ އެހީއާ އެކު މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ކުދިންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނަޝިޕްގެ ބޭނުމަކީ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެއްބާރުލުންދީ، ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.