މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓް ނެރެފި އެވެ.
17 މެއި 2024
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިރޭ 12:00 އާ ހަމައަށް ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ ރީނދޫ އެލާޓް ނެރުނީ، ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް މިދިޔަ ބުދަ ދުވަހު މެޓް އޮފީހުން ބުނެފައިވަނިކޮށެވެ.
ރެއިން ފެށިގެން ފަސް ދުވަހަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ އަދި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފި
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
މުޅި ރާއްޖެއަށް ވިއްސާރަ؛ ކަނޑުތައް ގަދަވާނެ!
ރާއްޖެއަށް ވައިޓް އެލާޓް، 45 މޭލަށް ވައި ގަދަވާނެ
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ކަނޑު ގަދަވެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް