Roadha Mihaaru
"ރޮބޯމޭން"ގެ ފިލްމެއް ގެނެސްދެނީ

އާއިލާގެ އެންމެންނާ އެކުގައި ބަލާލެވޭނެ ގޮތަށް "ރޮބޯމޭން"ގެ ފިލްމެއް ގެނެސްދެނީ

13 މެއި 2024

އާންމުން މުނިފޫހިފިލުވައިދިނުމުގައި މަޝްހޫރު ރޮބޯމޭންގެ ކެރެކްޓާ އަށް ބިނާކޮށް "ރޮބޯމޭން ދަ މޫވީ"ގެ ނަމުގައި ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.

އާންމުން މުނިފޫހިފިލުވައިދިނުމުގައި މަޝްހޫރު ރޮބޯމޭންގެ ކެރެކްޓާ އަށް ބިނާކޮށް "ރޮބޯމޭން ދަ މޫވީ"ގެ ނަމުގައި ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.

މި ފިލްމު އިއުލާންކުރީ ކުޑަކުދިންގެ ދުވަހާ ދިމާކޮށް މިދިޔަ ހުކުރު ދުވަހު އެވެ.

"ރޮބޯމޭން ދަ މޫވީ" ފިލްމު އަދި ވީޑިއޯ ޕްރޮޑަކްޝަންގައި ފާހަގަކޮށްލެވޭ އޯކޭޒްއިންކް އާއި މީޑިއާނެޓް ވީޑިއޯ ކްލަބް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބައިސްކޯފްގެ މަޝްހޫރު ސިޓްކޮމް "ކަރުހަކުރު" ގެނެސްދިން މުހައްމަދު މުންތަސީރް (މުންކޮ) އާއި މަޝްހޫރު ޑައިރެކްޓަރު އަދި ކުރީގެ އެކްޓަރު އިބްރާހިމް ވިސާމް (ކަނޑި) އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ މަހުދީ އަހުމަދެވެ.

ރޮބޯމޭންއަކީ މީގެ އަށް ވަރަކަށް އަހަރު ކުރިން ކުޑަކުދިންގެ ހަފުލާތަކާއި މުނިފޫހިފިލުވުމުގެ އެކި އިވެންޓުތަކުން އާންމުންނަށް ފެންނަން ފެށި ކެރެކްޓާއެކެވެ. މޫނު ފޮރުވަން އަޅި ކުލައިގެ ހާއްސަ މާސްކެއް އަޅައިގެން ހުންނަ ރޮބޯމޭން އަކީ އަސްލު ކާކު ކަމެއް ނޭނގެ އެވެ.

ސަރުކާރުން ވަނީ ހުނަރުވެރި، ފަންނުވެރި އަދި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީ އަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ކަމަށް ކަނޑައަޅައި، ރޮބޯމަން އަށް މިދިޔަ އަހަރު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދީފަ އެވެ.

މި ފިލްމާ ބެހޭ ގޮތުން މުންކޮ ބުނީ، މިއީ ކުޑަކުދިންނަށް ހާއްސަ ކުރާ ފިލްމެއް ކަމަށެވެ. އަދި މި ފިލްމު ގެނެސްދޭނީ އެންމެން އެކުގައި ނުވަތަ އާއިލާއާ އެކު ތިބެގެން ވިޔަސް ބަލައިލެވޭނެ ފިލްމެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

"އެންމެ އެކުގައި ތިބިގެން މިހެން ބަލައިލެވޭ ކަހަލަ ފިލްމެއް މިހާރު ވަރަށް ނާދޭ، އެހެންވެ އެ ތިންކިންގައި މި ފިލްމު މި ހަދަނީ،" އޭނާ ބުންޏެވެ.

"ރޮބޯމޭން" އުފެއްދުމުގެ އެއްބަސްވުމުގައި ޑައިރެކްޓަރު މުހައްމަދު މުންތަސިރް (މުންކޮ) ސޮއިކުރަނީ.-- ފޮޓޯ: އޯކޭޒްއިންކް

"ރޮބޯމޭން" އުފެއްދުމުގެ އެއްބަސްވުމުގައި ޑައިރެކްޓަރު މުހައްމަދު މުންތަސިރް (މުންކޮ) ސޮއިކުރަނީ.-- ފޮޓޯ: އޯކޭޒްއިންކް

މުންކޮ ބުނި ގޮތުގައި، ވަރަށް އަވަހަށް މި ފިލްމުގެ "ކާސްޓިން ކޯލް"އަކަށް ހުޅުވާލާނެ އެވެ. އެއީ ފިލްމުގެ ބައެއް ރޯލުތަކަށް ކުޑަކުދިންނާއި އެހެން އެކްޓަރުން ނެގުމަށެވެ.

އޭނާ ބުނީ މި ފިލްމު ގެނެސްދެވޭނެ ތާރީހެއް ބުނަން އަދި ނޭނގުނު ނަމަވެސް، މިހާރު ޕްލޭންކޮށްފައި އޮތް ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އަދި މި އަހަރު ފަހުކޮޅު މި ފިލްމު ގެނެސްދިނުމަށް އަމާޒުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.