09 މެއި 2024
ވިއްސާރަ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
ވިއްސާރަ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަޝްރޫއެއް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިސްނަގައިގެން އެމްއެންޑީއެފް އާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ގުޅިގެންނެވެ.
މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު، ވެސްޓް ޕާކް ކައިރިން މިއަދު އެ މަޝްރޫއު ފައްޓަވައިދެއްވީ އިންފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އެވެ.
އެ ރަސްމިއްޔާތުގާ ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫއެއް ކަމަށެވެ.
" ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ. ބޮޑެތި ޗެލެންޖަސްތަކެއް ވެސް ކުރިމަތިވޭ. އެގޮތުން (ފެންބޮޑުވުމުގެ ސަބަބުން) ގެތަކަށް އެންމެ ބޮޑު ގެއްލުންވާ ލިބޭ ސަރަހައްދަކީ މިއީ(ވެސްޓް ޕާކް ސަރަހައްދު). އެއީ މި ސަރަޙައްދުގެ މަގުތައް ހެދިފައި ހުރި ގޮތުން. މި ސަރަހައްދަށް ހުރިހާ ފެންތަކެއް ޖަމާވާ ކަހަލަ ގޮތަކަށް މި އޮންނަނީ." މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު މި ފަށާ މަސައްކަތަކީ އަޅުގަނޑުމެންނާއި އެމްއެންޑީއެފް އަދި އާރްޑީސީ ގުޅިގެން, މި ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ގޮތުން ހައްލެއް. ޖޫން/ޖުލައި ވިއްސާރައިގެ ކުރިން މި މައްސަލައަށް، ހާއްސަކޮށް މި ސަރަހައްދަށް ހައްލެއް ހޯދައިދެވޭތޯ."
އެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ކުރާ ކަމަކީ އެ ސަރަހައްދަށް ޖަމާވާ ފެން ބޭރުކުރުމަށް ކަނޑަށް ދާގޮތަށް "ސީވޯލް އެއް ކެނޑުން" އަދި ޕަމްޕް ބޭނުން ކުރަން ޖެހޭ ހާލަތުގައި އެ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ވެސްޓްޕާކް ކައިރި ކަނބާއައިސާރަނި ހިނގުމުގެ އިތުރުން އިތުރުން މާލޭގައި ފެންބޮޑުވާ އިތުރު ސަރަޙައްދުތަކުގައި ވެސް ފެން ބޮޑުވުމުގެ މައްސަލަތައް ހައްލުކުރުމަށް ކުރައްވާނެ ކަމަށާއި މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންވާ ބޮޑެތި ޕަންޕުތައް ހޯދުމުގެ މަސައްކަތްތަކާއި އަމީނީމަގުގައި ހުރި ޕަންޕުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ ވިއްސާރައިގައި ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މާލެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. މާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދައިދޭން ނިންމާފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ކުރިން ވަނީ އިއުލާން ކުރައްވާފަ އެވެ.
މިދިޔަ ޑިސެމްބަރުގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރޫއު ކަމަށް ރައީސް މީގެކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕަންޕު ބޭނުންކޮށްގެން ފެން ހިންދުން މިހާރު ފަސޭހަވާނެ
ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައިފި
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
އަމީނީމަގު ހަދަން އިތުރު ސަރަހައްދެއް ބަންދުކޮށްފި
ގަސްތައް ކޮށައިދިނުން ސިޓީ ކައުންސިލުން ހުއްޓާލައިފި
އަމީނީމަގު: ގަސް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟
އަމީނީމަގުގައި ތާރުއަޅާތީ، އެ މަގުގެ ބައެއް ބަންދު
މާލޭގެ މަގު ހެދުމުގެ މައްސަލަ އޭސީސީއަށް ހުށަހަޅަނީ
މަޝްރޫއު އަތުލީ ސަރުކާރުން ބުނިގޮތަށް އެއްބަސްނުވެގެން
މާލޭ މަގުތައް އަލުން ހަދަނީ، އަމީނީމަގުގައި ތާރުއަޅަނީ