02 މެއި 2024
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މިދިޔަ މާޗް މަހު ނިންމީ އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ޗަންގް ހުވާ ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކި 227،000ރ. އަނބުރާ ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަޝްރޫއުގެ އެއްބަސްވުމުގެ މާއްދާތައް ހުރިގޮތުން މަޝްރޫއު އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ޖީއެސްޓީގެ ފައިސާ ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޖީއެސްޓީ ދެއްކުމުގެ ޒިންމާ އުފުލަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް އެ ހުކުމުގައިވެ އެވެ.
ދަރުމަވަންތަ މަޝްރޫއުއަށް ޓެކްސް ދޭންޖެހެނީ ސަރުކާރުން
ޖީއެސްޓީ ގަވާއިދުގެ މާއްދާއެއް ބާތިލްކުރަން ހައިކޯޓަށް
އާޒިމާގެ ރައްދު: އަބުރުވެރިކަމާއެކު ފައިސާ ދައްކަވާ
އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް: ގާސިމް
ޓެކްސްގެ ގޮތުގައި 22 މިލިއަން ހޯދަން މީރާއިން ކޯޓަށް
ޓެކްސްގެ ގޮތުގައި 2.8 މިލިއަން ދައްކަން ހުކުމްކޮށްފި
ޓެކްސްގެ ނުދައްކާ ހަތް ފަރާތެއްގެ މައްސަލަ ކޯޓަށް
ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ކޯޓަށް
ހުކުމާ އެއްގޮތަށް ޓެކްސް ނުދެއްކި ބަޔަކު ގޭ ބަންދަށް
ޓެކްސްގެ ގޮތުގައި 1.9 މިލިއަން ދައްކަން ހުކުމްކޮށްފި