މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 18ގަ އެވެ.
މިފްކޯއިން މިއަދު ބުނީ ސީއީއޯގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖެއްސުމަށް އުފެއްދި އިންޓަރިމް ކޮމިޓީ މިހާރު ވަނީ އުވާލައިފަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޕީސީބީގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުމުގެ ކަންކަން މިފްކޯގެ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. ޕީސީބީން ސަމާހް ސަސްޕެންޑް ކުރީ 14 ދުވަހަށެވެ.
ޕީސީބީން އައީ، މިފްކޯއާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރޭގައި ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމާއި ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި ވަޒީފާގެ ބިރު ދެއްކުމާއި ދާއިމީ މަގާމުތަކުގައި ތިބި މުވައްޒަފުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ސަބަބެއް ނެތި މަގާމާއި މުސާރަ ދަށްކުރުން އަދި އެހެން ޑިޕާޓްމަންޓްތަކާއި ރަށްތަކަށް ބަދަލުކުރުން ހިމެނެ އެވެ.
މުވައްޒަފުން ނެގުމުގައި އަމަލުކުރަމުން އައި ގޮތާއި ރަސްމީ ބޭނުންތަކުގައި ނޫން ގޮތަށް ސީއީއޯގެ އާއިލާ މީހުން އޮފީހަށް ގެނައުމާއި ކުންފުނީގެ މާލީ ހާލަތު ހުރި ގޮތް ނުބަލާ، ސީއީއޯ ރާއްޖެއިން ބޭރަށް ދިއުމާއި ދަތުރުކުރާއިރު ބިޒްނަސް ކްލާސް ބޭނުންކުރުމާއި މަސައްކަތާ ނުގުޅޭ މުވައްޒަފުން ދަތުރު ގެންދިއުން ފަދަ ތުހުމަތާ ގުޅޭ މައްސަލަ ވެސް ޕީސީބީން ބެލި އެވެ.
މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި
ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން އަންގައިފި
އެސްއޯއީތަކުގެ ވެރިންނަށް ގިނަވެގެންލިބޭނީ 90،000ރ
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިއުލާންކޮށްފި
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
އެޗްޑީސީގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި
މިފްކޯގެ ސީއީއޯއަކަށް ފަރުހަތު އައްޔަންކޮށްފި
ރޯދައާ ގުޅިގެން އިތުރު ހަދިޔާ ނުދޭން އަންގައިފި
އެސްއީތަކުން ނަގާ ލޯނަށް ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ
މިފްކޯއިން ޝަރީފް ވަކިކޮށް، އެމްފޯމްޕީސީއަށް