Roadha Mihaaru
އަނަންތު އަންބާނީގެ ކައިވެނި ލަންޑަނުގައި

އަނަންތު އަންބާނީގެ ކައިވެނި ހަފުލާ ބާއްވަނީ ލަންޑަނުގައި

24 އެޕްރީލް 2024

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާ ބާއްވަނީ ލަންޑަނުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާ ބާއްވަނީ ލަންޑަނުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނި ގޮތުގައި، އަނަންތު އަންބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ގެ އެންގޭޖުމަންޓް ހަފުލާ ބާއްވަނީ ދުބާއީގަ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ ލަންޑަނުގަ އެވެ.

އަންނަ ޖުލައި މަހު ބާއްވަން ނިންމާފައިވާ އެ ކައިވެނީގެ އެކި ހަފުލާތައް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފަށައިފަ އެވެ.

ދުނިޔޭގެ ގިނަ މަހުޖަނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެ ދެމީހުންގެ ކައިވެނީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ހަފުލާތަކުގައި ބައިވެރިވެފަ އެވެ. އަދި ބާބޭޑޮސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ އޭގެން ހަފުލާއެއްގައި ޕާފޯމް ވެސް ކޮށްފަ އެވެ.

އެ ހަފުލާތަކަށް ދައުވަތު ދިން މެހުމާނުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ފައުންޑާ ބިލް ގޭޓްސް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ވެސް ހިމެނެ އެވެ.

އަމްބާނީ އާއިލާ އަކީ އަބަދުވެސް މި ކަހަލަ ބޮޑެތި ޕާޓީތައް ބާއްވައި އަދި އެ ޕާޓީތަކަށް ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނަށް ދައުވަތު ދޭ ބައެކެވެ.