Roadha Mihaaru
އާނަންތުގެ ކައިވެންޏަށް ނަޝީދު ވަޑައިގެންނެވި

އާނަންތު އަމްބާނީގެ ކައިވެނީގެ ހަފްލާއަށް ނަޝީދު ވެސް ވަޑައިގެންނެވި

13 ޖުލައި 2024

އިންޑިއާގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންފި އެވެ.

ނަޝީދު އެ ހަފުލާއަށް ވަޑައިގެންނެވީ އަމްބާނީ އާއިލާގެ ދައުވަތަކަށެވެ.

އެ ހަފުލާގައި ނަޝީދު ނެންގެވި ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެެވެ.

ނަޝީދު ފިޔަވައި ރާއްޖޭގެ އެހެން ބޭފުޅަކު އެ ހަފުލާގައި ބައިވެރިވިކަން އެނގިފައެއް ނުވެ އެވެ. ނަޝީދަކީ އަބަދުވެސް އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ނަޝީދުގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުން ވެސް މި ހަފުލާއަށް ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަންސް ވެސް ހިމެނެ އެވެ. އަދި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވެސް ވަޑައިގަތެވެ.

އާނަންތު އާއި ރާދިކާ ކައިވެނިކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާގަ އެވެ. މި ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ. ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި "މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ" އެވެ.

ދުނިޔޭގެ ގިނަ މަހުޖަނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު އެ ހަފުލާއަށް ދިޔަ އެވެ. މި ހަފްލާއަށް 600 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ.