11 ޑިސެމްބަރ 2018
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ނިކް ޖޯނަސް ފަދަ މަޝްހޫރު ތަރިންގެ ކައިވެނިތަކާ އެކު އިންޑިއާ އަށް އައިސްފައި އޮތް ކައިވެނީގެ އީދަށް އަދިވެސް ނިމުމެއް ނާދެ އެވެ.
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ނިކް ޖޯނަސް ފަދަ މަޝްހޫރު ތަރިންގެ ކައިވެނިތަކާ އެކު އިންޑިއާ އަށް އައިސްފައި އޮތް ކައިވެނީގެ އީދަށް އަދިވެސް ނިމުމެއް ނާދެ އެވެ.
މިހާރު އެންމެ ފޯރީގައި ކުރިއަށް ދަނީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ ދެ މަހުޖަނުންގެ ތެރޭގައި ހިމެނޭ މުކޭޝް އަމްބާނީ އާއި ނީތާގެ އަމްބާނީގެ އަންހެން ދަރިފުޅު އީޝާ އަމްބާނީ އާއި މަޝްހޫރު ޕިރަމަލް ގްރޫޕްގެ ޗެއާމަން އަޖޭ ޕިރަމަލްގެ ދަރިފުޅު އާނަންދު ޕްރިމަލްގެ ކައިވެނީގެ ހަރަކާތްތަކެވެ.
މި ހަފުތާ ފެށިގެން ދިޔައީ އުދޭޕޫރުގައި ކުރިއަށް ގެންދާ ފޯރި ގަދަ އަދި ކުލަގަދަ ކައިވެނީގެ ޕްރީ ވެޑިން ހަރަކާތްތަކާ އެކުގަ އެވެ. މި ހަރަކާތްތަކުގައި ބޮލީވުޑްގެ އޭ ލިސްޓް ހުރިހާ ފަންނާނުންހެން ބައިވެރިވަމުން އަންނަ އިރު، ދުނިޔޭގެ މަޝްހޫރު ބައެއް މީހުން ވެސް ވަނީ އީޝާ އާއި އާނަންދުގެ ކައިވެނީގެ ހަފުލާގެ ހަރަކާތްތަކުގައި ބައިވެރިވާން އިންޑިއާ އަށް ގޮސްފަ އެވެ.
ނީތާ އާއި އީޝާ އަމްބާނީ ހިލަރީއާ އެކު.
އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ކުރީގެ ރައީސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަނާއި އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބިޔޯންސޭ ފާހަގަކޮށްލެވެ އެވެ. ބިޔޯންސޭ ވަނީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ޕަފޯމް ވެސް ކޮށްފަ އެވެ.
ކައިވެނީގެ ހަފުލާގެ ހަރަކާތްތަކުގައި ބައިވެރިވާން އިންޑިއާ އާއި ބޭރުގެ ވަރަށް ބޮޑެތި ކުންފުނިތަކުގެ ވެރިން ވެސް ވަނީ އުދޭޕޫރަށް ގޮސްފަ އެވެ.
ބިޔޯންސޭގެ އިންޑިއާ ދަތުރުގެ ތެރެއިން.
އީޝާ، 27، އާއި އާނަންދު، 33، ގެ ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މާދަމާ އެވެ. އެ ދެ މީހުން އެންގޭޖްވީ ދީޕިކާ އާއި ރަންވީރު ވެސް ކައިވެނި ކުރި އިޓަލީގެ ލޭކް ކޯމޯގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ ހަފުލާ ވެސް ވެގެން ދިޔައީ ވަރަށް ކުލަގަދަ އަދި މަޝްހޫރު އެތައް ފަންނާނުންނެއް ބައިވެރިވި ހަފުލާއަކަށެވެ.
އީޝާ އާއި އާނަންދަކީ އޭޝިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުންގެ ދަރިންނަށްވާތީ އެ މީހުންގެ ކައިވެނީގެ ހަފުލާވެގެން ދާނީ ވަރަށް ވެސް އަގުބޮޑު އަދި އެހާމެ ފުރިހަމަ ހަފުލާއަކަށެވެ. ދުރާލައި ޕްރީ ވެޑިން ހަރަކާތްތައް ފެށިގެން ދިއުމަކީ ވެސް އޭގެ އެއް ހެއްކެވެ.
ނީތާ ދެ ފިރިހެން ދަރިންނާ އެކު ނަށަނީ.
އުމުރުން މިހާރު 61 އަހަރުގެ މުކޭޝްއަކީ ރިލަޔަންސް އިންޑަސްޓްރީގެ ޗެއާމަން އަދި މެނެޖިން ޑިރެކްޓަރެެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 45.1 ބިލިއަން ޑޮލަރަށް އަރަ އެވެ. މުކޭޝް އާއި ނީތާ، 55، ގެ ތިބެނީ ތިން ދަރިންނެވެ. އެއީ އީޝާގެ އިތުރުން އާކާޝް އަމްބާނީ، 27، އާއި އާނަންތު އަމްބާނީ، 23، އެވެ.
އަމްބާނީ އާއި ޕިރަމަލް އާއިލާގެ މެމްބަރުން.
ރިއަލް އެސްޓޭޓާއި ފާމަސޫޓިކަލް ފަދަ ދާއިރާތަކުގައި އިންވެސްޓްކޮށްފައިވާ އަޖޭ ޕިރަމަލްގެ މިލްކިއްޔާތު 4.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އަޖޭ، 63، އާއި ސްވަތީ ޕިރަމަލް، 62، ގެ ތިބެނީ ދެ ދަރިންނެވެ. އެއީ އާނަންދުގެ އިތުރުން ނަންދިނީ ޕިރަމަލް އެވެ.
އާންނަތާއި ރާދިކާގެ ކައިވެނީގެ ހަފުލާއެއް ލަންޑަނުގައި
އާނަންތުގެ ކައިވެންޏަށް ނަޝީދު ވަޑައިގެންނެވި
އާނަންތު އާއި ރާދިކާ ކައިވެނިކޮށްފި
އާނަންތުގެ ކައިވެނީގައި އެޑެލް އާއި ޑްރޭކް ޕާފޯމްކުރާނެ
އަނަންތު އަންބާނީގެ ކައިވެނި ލަންޑަނުގައި
މަހުޖަނު ގޭޓްސްގެ ދޮށީ ދަރިފުޅު ކައިވެނިކޮށްފި
ބިލިއަނަރު މެކެންޒީ ކައިވެނި ކުރީ ސައެންސް ޓީޗަރަކާ
އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް
ފޭސްބުކުން ޖިއޯގެ ހިއްސާ 5.7 ބިލިއަނަށް ގަނެފި