20 ފެބުރުއަރީ 2017
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު ކޮން ޒުއަންޔޫ، އެމަނިކުފާނު އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާތުގަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖެ އާއި ޗައިނާގެ ގުޅުން މިހާރަށް ބަދަހިކޮށް، އިގްތިސާދީގޮތުންނާއި އިޖުތިމާއީ ތަރައްގީއަށްޓަކައި ޗައިނާ އިން ދޭ އެހީއަށްޓަކައި ރައީސް ޔާމީން ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު ދެއްވި ކަމަށެވެ.
އެ ބައްދަލުވުމުގައި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަން ފުކަން އާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ ތާޑް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވި އެވެ.
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖެ ވަކިވެދާނެ
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ރާއްޖޭގެ އިގުތިސޯދު ވަރުގަދަ، ދަރަނި އަދާކުރާނެ:ވަހީދު
ރައީސް ޔާމިންގެ މަރުހަބާ ޗައިނާގެ ރައީސް ޝީއަށް
ރާއްޖެ އަށް ޗައިނާ އެހީތެރިވަނީ ހެޔޮއެދިގެން: ރަައީސް
ރައީސް ޔާމީން ޗައިނާ އަށް ވަޑައިގެންފި
ފްލެޓް އަޅަން 434 މިލިއަން ޑޮލަރަށް ޗައިނާ ސްޓޭޓަށް
ރައީސަށް ޗައިނާ އިން ރަތްދޫލައިގެ މަރުހަބާއެއް
ޗައިނާގެ ގުޅުމުން ފެންނަނީ އިހްތިރާމް: ޔާމީން