ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިއްޔެ ބޭއްވި އިވެންޓެއް ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް "ހަދިޔާ"ގެ ގޮތުގައި ފައިސާ ބަހައިފި އެވެ. އެ ފައިސާ ބައެއް މީޑިއާތަކުން ވަނީ އަނބުރާ އެމްބަސީއާ ވެސް ހަވާލުކޮށްފަ އެވެ.
20 ފެބުރުއަރީ 2017
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިއްޔެ ބޭއްވި އިވެންޓެއް ކަވަރު ކުރަން ދިޔަ ނޫސްވެރިންނަށް "ހަދިޔާ"ގެ ގޮތުގައި ފައިސާ ބަހައިފި އެވެ. އެ ފައިސާ ބައެއް މީޑިއާތަކުން ވަނީ އަނބުރާ އެމްބަސީއާ ވެސް ހަވާލުކޮށްފަ އެވެ.
އޯޓިޒަމް ކުއްޖެއް ކަމަށްވާ ނަބީހު އަހުމަދު ޤުރުއާން ހިތުދަސްކުރުމުން އޭނާ އަށް ސައުދީ ސަފީރު ބަދްރް އަލް ހަލައިލް ހަދިޔާއެއް ދިނުމަށް ބޭއްވި ރަސްމިއްޔާތު ކަވަރު ކުރުމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ދިޔަ އެވެ.
އެ ރަސްމިއްޔާތު ނިމުމުން އެމްބަސީން ވަނީ ހަދިޔާއެއް ކަމަށް ބުނެ 500ރ. ލާފައި އޮތް ސިޓީ އުރައެއް ކޮންމެ ނޫސްވެރިއަކަށް ދީފަ އެވެ. "ހަދިޔާ" ދިނުމުގެ ކުރިން ބައެއް ނޫސްވެރިން އެތަނުން ނިކުތް ނަމަވެސް އެ މީހުންނަށް ފަހުން ގުޅައި، އެ ބަލައި ދިޔުމަށް ވެސް އެދުނެވެ.
"ސިޓީ އުރަ ދިން އިރަކު ނޭނގޭ ކޮން އެއްޗެއް ކަމެއް ވެސް. އެތަނުން ނިކުމެ ބެލުމުން އެނގުނީ އެއީ ފައިސާކަން ވެސް،" އިވެންޓް ކަވަރު ކުރަން ދިޔަ ނޫސްވެރިއަކު ބުންޏެވެ.
އެ އިވެންޓް ކަވަރުކުރަން ދިޔަ ރާއްޖެ ޓީވީން ބުނީ، ސިޓީއުރައިގައި އޮތީ 500ރ. ކަން އެނގުނު ވަގުތު އެ ފައިސާ އަނބުރާ އެމްބަސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެތަނަށް އެ ސިޓީއެއް ވެސް ފޮނުވާފައި،" ރާއްޖެ ޓީވީން ބުންޏެވެ.
އިވެންޓް ކަވަރުކުރަން "މިހާރު"ގެ ނޫސްވެރިޔަކާއި ފޮޓޯގްރާފަރަކު ވެސް ދިޔަ އެވެ. އެ ސިޓީއުރަ ދިނުމުގެ ކުރިން "މިހާރު"ގެ ނޫސްވެރިން ނުކުމެގެން އައީ އެވެ. ފަހުން ގުޅުމުން، އެއީ ހަދިޔާއެއް ކަމަށް ބުނެފައިވާތީ އެ ބަލައެއް ނުދެ އެވެ. އެކަމަކު އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ދިން ފައިސާ އަށް ހެދި ގޮތެއް އަދި ސާފެއް ނުވެ އެވެ،
މިގޮތަށް ދޭ ހަދިޔާ ހަދިޔާގައި ހިފުމަކީ، ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑާ ޚިލާފު ކަމެކެވެ.
ނަޝީދުގެ ސައުދީ ދަތުރުފުޅަށް އެތައް ބައެއްގެ ފާޑުކިޔުން
ޚާޝުގްޖީގެ މަރުން ރިލްވާންގެ ހަނދާންތައް!
ނަޝީދު ސައޫދީއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޔޫކޭއަށް
ނިލަންދޫގައި ނޫސްވެރިންނަށް ބިރެއް ނުދައްކާ: ޚަލީލް
އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރާނެ
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ