ގަދް ވިއްސާރާގައި ފެންބޮޑުވެ ދުބާއީގެ މައި އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ނުކުރެވޭ ހާލަތަށް ގޮސް ފްލައިޓްތައް ޑައިވާޓްކުރަން ފަށައިފި އެވެ.
ގަދް ވިއްސާރާގައި ފެންބޮޑުވެ ދުބާއީގެ މައި އިންޓަނޭޝަނަލް އެއާޕޯޓު ބޭނުން ނުކުރެވޭ ހާލަތަށް ގޮސް ފްލައިޓްތައް ޑައިވާޓްކުރަން ފަށައިފި އެވެ.
މުޅި ދުނިޔޭގެ ވެސް އެންމެ ބިޒީ އިންޓަނޭޝަނަލް އެއާ ހަބް ކަމަށްވާ ދުބާއީގެ އެއާޕޯޓަށް އަންގާރަ ދުވަހުގެ މެންދުރު ފަހާއި މި ރެޔަށް އެކަނި ވެސް 100 އަށް ވުރެ ގިނަ ފްލައިޓް ޝެޑިއުލްކޮށްފައި އޮތެވެ. ފްލައިޓްތައް ޑައިވާޓްކުރަން ފެށުމުގެ ކުރިން، މޫސުން ގޯސްވެ އިރުކޮޅަކަށް އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލަން ވެސް ޖެހުނެވެ.
މެދުއިރުމަތީގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ ދުބާއީ، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ހުރިހާ ހިސާބަކަށް ކުރަމުންދާ ވިއްސާރަޔާ އެކު މި ވަގުތު ހުއްޓުމަކަށް އައިސްފައި އޮތް އިރު ބަހްރެއިން އާއި އޮމާނަށް މޫސުން ވަރަށް ގޯހެވެ. އޮމާނުން އާދީއްތަ އަދި ހޯމަ ދުވަހު 18 މީހަކު މަރު ވެސް ވެފަ އެވެ.
"އާދަޔާ ހިލާފަށް މޫސުން ގޯސްވެ އެކަމުގެ އުނދަގޫތަކާ ހެދި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އިން ވަގުތީ ގޮތުން މި ދަނީ، މިރޭ އަންނަން ހުރި ހުރިހާ ފްލައިޓެއް ޑައިވާޓްކުރަމުން ... ހާލަތު ރަނގަޅުވަންދެން މިކަން ކުރިއަށްދާނެ،" ދުބާއީ އެއާޕޯޓްސްގެ ތަރުޖަމާނު ވިދާޅުވި އެވެ.
ބޯކޮށް ވާރޭ ވެހި ދުބާއީގެ މަގެއްގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވީ ފުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލް ނުކުރާ ކަމަށެވެ. އެކަމަކު އެއާޕޯޓަށް އަންނަން ހުރި މައި މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެން ހެދި ދަތުރުފަތުރަށް ދަތިވެފައި ވާތީ އެންމެން ވެސް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ފްލައިޓްތައް ޑައިވާޓްކުރަން ފެށުމުގެ ކުރިން 25 މިނެޓަށް އެއާޕޯޓްގެ ހުރިހާ އޮޕަރޭޝަނެއްހެން ހުއްޓާލި އެވެ. އެ ވަގުތު ނަގާފައިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، އެއިން ފެންނަ ގޮތުގައި އޭޕްރަންގައި ވެސް ފެން ބޮޑުވެ މަތިންދާބޯޓްތައް ފެނުގެ ތެރޭގައި ޓެކްސީކުރަމުން ދިޔަ އެވެ.
ބޯކޮށް ވާރޭ ވެހި ދުބާއީގެ މަގެއްގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
އާންމުކޮށް ހޫނު ގަދަ ޔޫއޭއީގެ ހުރިހާ ހިސާބެއްގައި ކަހަލަ ގޮތަށް މިއަދު ވަނީ ފެން ބޮޑުވެފަ އެވެ.
ދުބާއީއަށް ދާ މީހުންގެ މެދުގައި މަޝްހޫރު ދުބާއީ މޯލް އާއި މޯލް އޮފް އެމިރޭޓްސް ފަދަ ތަންތަނުގެ ތެރޭގައި ވެސް މިއަދު ފެންބޮޑުވި އެވެ.
މި ކޮޅިގަނޑު އެންމެ ފުރަތަމަ އެރީ އޮމާން އަށެވެ. އޭގެ ފަހުން ޔޫއޭއީ އާއި ބަހްރެއިން އާއި ގަތަރަށް ވެސް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ. -- އޭއެފްޕީ
ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން
ހޮނުއަޅައިގެން އިންޑިއާ އާއި ނޭޕާލުން 69 މީހުން މަރު
"އެޑްވާންސް ފައިސާ ހޯދަން ގާނޫނީ ފިޔަވަޅު އެބައަޅަން"
ގޭހަށް ދެއްކި 3.7 މިލިއަން "ގެއްލުނު" މައްސަލައެއް
މޫސުން ގޯސްވެއްޖެ، ބޮޑު ސަރަހައްދަކަށް ރީނދޫ އެލާޓު
އިންޑިއާއަށް އާދަޔާ ހިލާފަށް ހޫނުވާނެ ކަމުގެ އިންޒާރެއް
އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް
ބޯކޮށް ވާރޭ ވެހި، ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ
އުތުރަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދެފި
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި