Roadha Mihaaru
ހަމަލާ ދީފައި އީރާނަށް ސަލާމަތެއް ނުވެވޭނެ: އިޒްރޭލް

ހަމަލާ ދީފައި އީރާނަށް ސަލާމަތެއް ނުވެވޭނެ: އިޒްރޭލް

17 އެޕްރީލް 2024

މިދިޔަ ހަފްތާ ބަންދުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާއަށް ފަހު އެކަމުގެ އަދަބު ނުލިބި އީރާނަށް ސަލާމަތް ނުވެވޭނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި އީރާނުން އިޒްރޭލަށް ދިން ބަދަލުހިފުމުގެ ހަމަލާއަށް ފަހު އެކަމުގެ އަދަބު ނުލިބި އީރާނަށް ސަލާމަތް ނުވެވޭނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

"މި ހަރުކަށިކަން ދައްކާފައި އަދަބެއް ނުލިބި ފިލައިގެން ނުދެވޭނެ،" ޖޫލިސް މިލިޓަރީ ބޭސްގައި، އީރާންގެ މިސައިލްތަކުގެ ބައިތައް ނޫސްވެރިންނަށް ދައްކަމުން އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑެނިއަލް ހަގާރީ ބުންޏެވެ.

އޭނާ ވަނީ ސަރަހައްދުގައި "ދެކޮޅުވެރިކަން ދައްކައި ހަމަނުޖެހުން އުފައްދައިގެން" އީރާން އެހެން އުޅުނު ނުދޭނެ ކަމަށް ވެސް ބުނެފަ އެވެ.

އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލެއްގެ ގޮވާފައިވާ ބައެއްގެ ކައިރީގައި އިޒްރޭލު ސިފައިންގެ ދެ މީހުން އިއްޔެ ހުއްޓިލައިގެން. -- ފޮޓޯ: އޭއެފްޕީ

އީރާނުން އިޒްރޭލަށް ފޮނުވާލި މިސައިލެއްގެ ގޮވާފައިވާ ބައެއްގެ ކައިރީގައި އިޒްރޭލު ސިފައިންގެ ދެ މީހުން އިއްޔެ ހުއްޓިލައިގެން. -- ފޮޓޯ: އޭއެފްޕީ

މުޅި ދުނިޔެއިން ދައްކަނީ އީރާނުން ނިއުކްލިއާ ޕްރޮގްރާމެއް ކުރިއަށްގެންދާ ވާހަކަ ކަމަށާއި އެކަމަކު އީރާނުން ކުރާ މަސައްކަތަކީ އިޒްރޭލުގެ ވަށައިގެން "އަލިފާން އެޅުން" ކަމަށް ވެސް އޭނާ ސިފަކުރި އެވެ.

އިޒްރޭލަށް އީރާނުން 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯނުން ހަމަލާދިނީ ސީރިއާގައި ހުންނަ އީރާން ކޮންސިއުލޭޓަށް މި މަހުގެ 1 ވަނަ ދުވަހު އިޒްރޭލުން ހަމަލާދީ ސިފައިންގެ އިސް ބަޔަކު އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށެވެ. އެކަމަކު އެ ހަމަލާތަކުގައި، އިޒްރޭލުގެ ދެކުނުގައި އޮންނަ އަސްކަރީ ބޭސްއަކާއި އެހެން ބައެއް ތަންތަނަށް ކުދި ގެއްލުންތަކެއް ލިބުން ފިޔަވައި އިތުރު ގެއްލުމެއް ނުވާ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ