Roadha Mihaaru
ހަމަލާތަކުގެ ހުރިހާ މަގްސަދެއް ހާސިލްވި: އީރާން

ހަމަލާތަކުގެ ހުރިހާ މަގްސަދެއް ހާސިލްވި: އީރާން

14 އެޕްރީލް 2024

އިޒްރޭލަށް ދިން މިސައިލާއި ޑްރޯންގެ ހަމަލާތަކުގައި ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްވެފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

އިޒްރޭލަށް ދިން މިސައިލާއި ޑްރޯންގެ ހަމަލާތަކުގައި ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްވެފައިވާ ކަމަށް އީރާންގެ އަސްކަރިއްޔާއިން މިއަދު ބުނެފި އެވެ.

"އޮޕަރޭޝަން އޮނެސްޓް ޕްރޮމިސް ... ރޭގެ ވަގުތެއްގައި ފަށައި، ބޭނުންވި ހުރިހާ މަގްސަދެއް ހާސިލްކޮށް، ފަތިހުގެ ނިޔަލަށް ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައި،" އީރާން އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަޣޭރީ އީރާންގެ ގައުމީ ޓީވީއަށް ވިދާޅުވި އެވެ.

ނަމަވެސް އިޒްރޭލުން ބުނީ އީރާނުން 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގެ 99 ޕަސެންޓް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ.

އީރާނުން ވަނީ މިއީ މި މަހުގެ 1 ގައި ސީރިއާގައި އީރާންގެ އެމްބަސީއަށް ހަމަލާދީ އިސް ދެ ޖެނެރަލަކު އަވަހާރަކޮށްލި ހަމަލާގެ ބަދަލުހިފުން ކަމަށް ބުނެފަ އެވެ. އަދި މި ބަދަލު ހިފުން މި ހިސާބުން ނިމުނީ ކަމަށާއި އިޒްރޭލުން ރައްދުގައި ހަމަލާދީފި ނަމަ ރައްދުގައި އަނެއްކާ މާ ވަރުގަދަ އަށް ހަމަލާ ދޭނެ ކަމަށް ބުންޏެވެ.

އިޒްރޭލަށް ފޮނުވާލި ހަމަލާތަކުގައި އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ނުވާ ކަމަށާއި އަނިޔާވީ ވެސް އެންމެ މީހަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.