Roadha Mihaaru
ފިތުރު އީދު ފާހަގަކުރަން އުރީދޫގެ ގިނަ ހަރަކާތްތަކެއް

ފިތުރު އީދު ފާހަގަކުރަން އުރީދޫގެ ގިނަ ހަރަކާތްތަކެއް

14 އެޕްރީލް 2024

މިދިޔަ ބުދަ ދުވަހު ފާހަގަކުރި ފިތުރު އީދު ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް އުރީދޫއިން ރާވައިގެން އަދި އުރީދޫގެ އެހީތެރިކަމާ އެކު އެކި ހަރަކާތްތައް އެކި ހިސާބުތަކުގައި ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިދިޔަ ބުދަ ދުވަހު ފާހަގަކުރި ފިތުރު އީދު ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް އުރީދޫއިން ރާވައިގެން އަދި އުރީދޫގެ އެހީތެރިކަމާ އެކު އެކި ހަރަކާތްތައް އެކި ހިސާބުތަކުގައި ބާއްވައިފި އެވެ.

އުރީދޫން ބުނީ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން އީދު ސަޔަށް ހާއްސަ ބޯކިބާ އެޅުމުގެ ސަގާފަތާ ގުޅުވައި ބޯކިބާ ބެހެމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ކުޑަކުދިންނަށް ހާއްސަކޮށް ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމާއި ފޭސް2ގައި އެޗްޑީސީއާ ގުޅިގެން ހާއްސަ ސަޔެއް ވެސް ބޭއްވި ކަމަށް އުރީދުން ބުންޏެވެ.

އުރީދޫން ބުނީ ކްލަބް ހުޅުއާ ގުޅިގެން އެ ކުންފުނިން ހުޅުމާލެ ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ ފެންކުޅި، ވާދެމުން އަދި ކުޑަކުދިންނަށް ހާއްސަ އެކި ހަރަކާތްތަކަކީ ގިނަ ބަޔަކަށް ކަމުދިޔަ، ފޯރި ގަދަ ހަރަކާތެއް ކަމަށެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އީދާ ގުޅުވާ ބޭއްވި އެކި ފުޓުބޯޅަ ކަޕްތަކަށް ވެސް އެ ކުންފުނިން އެހީތެރިވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ މ. މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އާއި ށ. މިލަންދޫ ކައުންސިލް ކަޕް ބްރޮންޒް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފަ އެވެ. އަދި އެ ކުންފުނިން ވަނީ ކުޑަރިކިލު ފުޓްސަލް މުބާރާތް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އާއި އޭދަފުށި ފުޓްސަލް ކަޕްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބައިވެރިވެފަ އެވެ.