Roadha Mihaaru
އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

އީދަށް އުރީދޫގެ ހާއްސަ އޮފާތަކެއް

09 އެޕްރީލް 2024

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

އީދަށް ތައާރަފްކުރީ "އީދު ޕެކް" އަދި "ޗުއްޓީ ޕެކް" އެވެ. އީދު ޕެކް އަކީ 50ރ. އަށް އެކްޓިވޭޓު ކުރެވޭ ދެ ދުވަހުގެ ޕެކެކެވެ. މި ޕެކުގައި އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ ލިބޭނެ އެވެ.

"ޗުއްޓީ ޕެކް" އަކީ 150ރ. އަށް 5 ދުވަހަށް ނުވަތަ 100ރ. އަށް ތިން ދުވަހަށް އެކްޓިވޭޓު ކުރެވޭ ޕެކެކެވެ. މި ޕެކުގައި އުރީދޫ ނަމްބަރުތަކަށް ހިލޭ ގުޅޭނެ އެވެ. އަދި 100ޖީބީ ޑޭޓާ ލިބޭނެ އެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ނެޓްވޯކުގައި ހިމެނޭ ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ޑޭޓާ ޕެކެއް ނުވަތަ ކޮފީއެއް ވެސް ހަދިޔާކުރެވޭނެ ކަމަށެވެ. އަދި އީދުގައި އެޕް މެދުވެރިކޮށް ރަޢްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.