Roadha Mihaaru
ލޯންޗަކާއި ޑިންގީއެއް ޖެހި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި، ދެ މީހަކަށް އަނިޔާވެއްޖެ

09 އެޕްރީލް 2024

ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެންސިޑެންޓެއްގައި ދެ މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެންސިޑެންޓެއްގައި ދެ މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ، މިރޭ 8:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގެ ބޭރުން ބަނާނާ ރީފް ކައިރިން ކަމަށެވެ.

އެކްސިޑެންޓު ވެފައި ވަނީ ކ. ހިންމަފުށިން ޝެރަޓަން ރިސޯޓަށް ދަތުރުކުރަމުން ދިޔަ ބްލޫ ސާޖަން ނަމަކަށް ކިޔާ ލޯންޗެކެވެ. އެކްސިޑެންޓު ހިނގި އިރު އެ ލޯންޗުގައި 22 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓުގައި އަނިޔާވީ، ޑިންގީ ހުރި ދިވެއްސަކާއި ބިދޭސީއަކަށެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.