Roadha Mihaaru
މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

ގެމަނަފުށީގައި މަސް ހިފަން މޫދުގައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ

03 ނޮވެމްބަރ 2023

ގއ. ގެމަނަފުށީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ރޭ ޖެހި، އެ މީހާ މަރުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގއ. ގެމަނަފުށީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ރޭ ޖެހި، އެ މީހާ މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިނެކެވެ.

ފުލުހުން ބުނި ގޮތުގައި، ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗަކުން ޖެހުނީ ދަގަނޑު ޖަހައިގެން މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ކަމަށެވެ.

އެކްސިޑެންޓްވުމާ އެކު އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނެވެ. ނަމަވެސް، އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މިހާރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފުތާގައި ވެސް މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ލޯންޗަކުން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެފައިވެ އެވެ.