Roadha Mihaaru
ލިވަޕޫލުން ވަރަށް ރަނގަޅު ހުށަހެޅުމެއްލިބުނު: ރޮޑްރީގޯ

ލިވަޕޫލުން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު، ސޮއިކުރުމާ ވަރަށް ގާތަށް ދިޔަ: ރޮޑްރީގޯ

09 އެޕްރީލް 2024

މެޑްރިޑް (އޭޕްރީލް 9) – ލިވަޕޫލުން 2017 ގައި ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށާއި އެ ކްލަބަށް ސޮއި ކުރުމާ ވަރަށް ގާތަށް ދެވުނު ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ރޮޑްރީގޯ ގޮއިސް ބުނެފި އެވެ.

މެޑްރިޑް (އޭޕްރީލް 9) – ލިވަޕޫލުން 2017 ގައި ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށާއި އެ ކްލަބަށް ސޮއި ކުރުމާ ވަރަށް ގާތަށް ދެވުނު ކަމަށް ރެއާލް މެޑްރިޑްގެ ފޯވާޑް ރޮޑްރީގޯ ގޮއިސް ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ދި ގާޑިއަން އަށް ދިން އިންޓަވިއުގައި ސަންޓޯސްގެ ކުރީގެ ފޯވާޑް ބުނީ، އަހަރަކު ތިން މިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބޭ ހުށަހެޅުން އޭނާ ލައްޕާ ނުލާ ކަމަށެވެ.

ނަމަވެސް އެކަން މަޑުޖެހެން މެދުވެރިވީ އޭނާގެ އަމިއްލަ ހުވަފެނެއް ހަގީގަތަށް ހެދުމަށްޓަކައި އޮތް އަޒުމު ކަމަށެވެ.

"އެ ހުށަހެޅުން އަހަރެން ލައްޕައެއްނުލަން. އެ ހުށަހެޅުން ވަރަށް ރަނގަޅު. ނަމަވެސް ސަންޓޯސްގައި މަޑުކުރަން އަހަރެން ބޭނުންވީ އެމީހުން [ލިވަޕޫލުން] ވައުދު ވީ ކަންތައްތަކަކީ ވެސް އަހަރެންގެ ކެރިއަރަށް ވަރަށް ރަނގަޅު މަގެއް. ޔޫރަޕްގެ ފުޓްބޯޅައަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑްގައި އަހަރެންގެ ކިޔެވުން ވެސް ކުރިއަށްގެންދާ ގޮތަށް،" ލިވަޕޫލުން ހުށަހެޅުމާ ބެހޭގޮތުން ރޮޑްރިގޯ ބުންޏެވެ.

އޭނާ ބޭނުންވީ، ސަންޓޯސްގައި ވެސް ލެޖެންޑަކަށް ވުމަށެވެ. އެ ކްލަބްގައި އޭނާގެ ނަން ހިނގާނެ ވަރުގެ ނަމެއް އުފެއްދޭތޯ އެވެ. އެހެންވެ އިތުރު މުއްދަތަކަށް ސަންޓޯސްގައި މަޑުކުރަން އޭނާ ނިންމި އެވެ.

"އަހަރެންގެ ހުވަފެންތައް އަޑުބާރުކޮށް ވާހަކަ ދައްކަން ފެށި. އަހަރެން ބޭނުންވީ ސަންޓޯސްގައި މަޑުކޮށް ކްލަބުގައި ތާރީހެއް އުފެއްދޭނެވަރުގެ މަސައްކަތެއްކުރަން. ސަންޓޯސް އަށް ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދީ. އެކަމަކު ހަގީގަތަކީ 2017 ގައި އަހަރެން ލިވަޕޫލާ ގުޅެން ގާތްގަނޑަކަށް ވަރަށް ގާތަށް ދިޔަ،" ރޮޑްރީގޯ ބުންޏެވެ.