Roadha Mihaaru
ލިވަޕޫލަށް ޝައުގުވެރިކަމެއް އަމޯރިމް ނުދެއްކި

ލިވަޕޫލަށް ޝައުގުވެރިކަމެއް އަމޯރިމް ނުދެއްކި

02 އެޕްރީލް 2024

ލިޒްބަން (އޭޕްރީލް 2) – ލިވަޕޫލްގެ ވަޒީފާ އަށް ޝައުގުވެރިވާކަން ހާމަކުރަން ވެސް ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމް ދެކޮޅު ހަދައިފި އެވެ.

ލިޒްބަން (އޭޕްރީލް 2) – ލިވަޕޫލްގެ ވަޒީފާ އަށް ޝައުގުވެރިވާކަން ހާމަކުރަން ވެސް ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޯރިމް ދެކޮޅު ހަދައިފި އެވެ.

ލިވަޕޫލްގެ މިހާރުގެ ކޯޗު ޔާގަން ކްލޮޕް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ އެވެ. އެ ޓީމުން މިހާރު އެންމެ ޝައުގުވެރި ވާ ކޯޗަކީ އަމޯރިމް، 39، ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެ އެވެ. ހާއްސަކޮށް ބެޔާން ލެވަކޫސަންގައި ޒަބީ އޮލޮންސޯ މަޑުކުރަން ނިންމުމުން، އަމޯރިމާ ލިވަޕޫލާ ގުޅުވައި ދައްކާ ވާހަކަތަކުގެ އަޑު މިހާރު ވަނީ މާ ބޮޑަށް ގަދަވެފަ އެވެ. ލިވަޕޫލްގެ ކުރީގެ މިޑްފީލްޑާ އޮލޮންސޯ އަކީ ކުރިން ލިވަޕޫލްގެ އެއްވަނަ ޓަގެޓެވެ.

މިހާރު، އަމޯރިމަށް ސަމާލުކަން ހުއްޓުނަސް، އޭނާ ހުރީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނޫނެވެ. ބެންފީކާގެ ކުރީގެ މިޑްފީލްޑަރު ބުނިގޮތުގައި އޭނާގެ ސަމާލުކަން ހުރީ ސްޕޯޓިން އަށް މި ސީޒަނުގެ ލީގު ހޯދައި ދިނުމުގެ މައްޗަށެވެ.

އޭނާއާ ގުޅުވައި މީޑިއާއިން ފަތުރާ ވާހަކަތަކާ ބެހޭގޮތުން އަމޯރިމް ބުނީ އޭނާ އަށް ނޭނގޭ ކިތަންމެ ވާހަކައެއް، އޭނާގެ ވަޒީފާއާ ގުޅުވައި މީޑިއާއިން ދައްކާ ކަމަށެވެ.

އޭނާ ލިވަޕޫލަށް ބަދަލުވާތީ، ސްޕޯޓިންގެ ކޯޗުގެ މަގާމަށް ބެޔާން މިޔުނިކްގެ އެސިސްޓެންޓް ކޯޗު އެންޓޮނީ ބެރީ ގެންނަން އުޅޭ ވާހަކަ ވެސް މީޑިއާއިން ދައްކަ އެވެ.

"މީގެ އެންމެ އުނދަގޫ ކަމަކީ އެ މީހުން [މީޑިއާއިން] އަހަރެންގެ ބަދަލުގައި ގެންނާނެ އެހެން ކޯޗެއް ވެސް ހޯދާފައި ވުން. އެއީ އަހަރެން އެންމެ ދެރަވި ކަމަކީ" ޖޯކު ޖަހަމުން އަމޯރިމް ވާހަކަ ދެއްކި އެވެ.

"މިއަދު ވެސް އަހަރެން ބުނަން ޖެހުނު ވިއަނާ [ހޫގޯ - ސްޕޯޓިން ޑައިރެކްޓާ] ކައިރީގައި ހަމަޖެހޭށޭ. އެއީ އެހެން އޮންނަ ކަމެއް ނޫނޭނެ."

ސްޕޯޓިންގެ ކޯޗުކަމާ އަމޯރިމް ހަވާލުވީ މާޗް 2020 ގަ އެވެ. އޭނާގެ ފުރަތަމަ ފުލް ސީޒަނުގައި އެ ކްލަބަށް ޕޯޗުގަލްގެ ލީގު ޗެމްޕިއަންކަން ހޯދައި ދިނެވެ.

އޭނާ ކުޅުވާ އެޓޭކިން ހަލުވި ގޭމުގެ ސަބަބުން ޔޫރަޕްގައި އޭނާގެ މަގުބޫލުކަން ބޮޑެވެ.