07 އެޕްރީލް 2024
ރިޔާދް (އޭޕްރީލް 7) - ސައުދީ އަރަބިއާގެ އިއްތިހާދުގައި އޭނާ އެކަނި ނުކުރެވޭނެ ކަމަށާއި އެހެން ކުޅުންތެރިންގެ އެހީ ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒާމާ ބުނެފި އެވެ.
ރިޔާދް (އޭޕްރީލް 7) - ސައުދީ އަރަބިއާގެ އިއްތިހާދުގައި އޭނާ އެކަނި ނުކުރެވޭނެ ކަމަށާއި އެހެން ކުޅުންތެރިންގެ އެހީ ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒާމާ ބުނެފި އެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން، ބެންޒެމާ އަށް އިއްތިހާދުގައި ލަނޑެއް ނުޖެހެ އެވެ. މިދިޔަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް އިއްތިހާދަށް ބަދަލުވުމުގެ ކުރިން ބެންޒެމާ އަކީ ލަލީގާގައި ވެސް ލަނޑު ޖެހުމުގެ ލިސްޓްގައި ކުރީގައި އޮތް ކުޅުންތެރިޔާ އެވެ.
ސައުދީ ޕްރޯ ލީގުގައި އިއްތިހާދު އޮތީ ހަތަރު ވަނައިގަ އެވެ. ރެއާލްގައި ދެއްކި ކުޅުން ސައުދީ ލީގުގައި ނުދެއްކޭތީ އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން ބެންޒެމާ ބުނީ މިއީ ތަފާތު ގޭމެއް ކަމަށެވެ.
"އެއީ އެއް ގޭމެއް ނޫން. އެއް ކުޅުންތެރިންނެއް ނޫން." ރެއާލްގައި އޭނާ ދެއްކި ކުޅުމާ، މިހާރު ސައުދީގައި ކުޅޭ ކުޅުމާ އަޅާ ކިޔަމުން ބެންޒެމާ ބުންޏެވެ.
"އަހަރެންނަށް އެހީވަނެ ކުޅުންތެރިން ބޭނުން ވޭ. ދަނޑުމަތީގައި އެ އެހީތެރިކަން ބޭނުން. އެއް މެޗު ވެސް އަހަންނަކަށް އެކަނި މޮޅެއް ނުވެވޭވެނެ."
އިއްތިހާދާ އެކު ބެންޒެމާ ވަނީ ތިން އަހަރަށް އެއްބަސްވުން ހަދައިފަ އެވެ. އޭނާ ބުނީ ދެން އެންމެ ބޮޑު ޓާގެޓަކީ މި ސީޒަން އެންމެ ރަނގަޅަށް ނިންމާލުން ކަމަށެވެ.
ސައުދީ ލީގުގެ ނަން ހަޑިވާނެތީ ބެންޒެމާއަށް ދޮރު ބަންދު
ބެންޒެމާގެ ޕެނަލްޓީ ނާކާމިޔާބުވެ ވޯލްޑް ކަޕުން ކަޓައިފި
ފުލުގައި އޮތް ޓީމާ ބެންޒެމާގެ އިއްތިހާދު އެއްވަރު
ޗެމްޕިއަންސް ލީގު: ނޭމާގެ ހިލާލް ސަލާމަތްވީ ކިރިޔާ
ރޮނާލްޑޯގެ ޓީމު ސެމީއަށް، ބެންޒެމާ ޓީމު ސަލާމަތެއްނުވި
ސައުދީ ޓީމުތައް ކުއާޓާގައި، ނަސްރު ގެންދިޔައީ ރޮނާލްޑޯ
ބެންޒެމާގެ ގޯލުތަކާއެކު އިއްތިހާދު އަރަބްކަޕް ކުއާޓާއަށް
މެސީއަށް ވޯޓްދިނުމުން އަލަބާއާ ދިމާކޮށްލައިފި
ބެންޒެމާ އެއް މަހަށް ކުޅުމާ ދުރަށް
"އޮލްމޯ ރަޖިސްޓަރީ ކުރެވޭނެކަމުގެ އުއްމީދު އެބައޮތް"