ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕު މިއަދު ހަދިޔާކޮށްފި އެވެ.
28 މާޗް 2024
ޗައިނާ ސަރުކާރުން ރާއްޖެއަށް 10 ޕިކަޕު މިއަދު ހަދިޔާކޮށްފި އެވެ.
ޗައިނާގެ ޝަންޑަންގް ޕްރޮވިންސް އިން ހަދިޔާކުރި މި ޕިކަޕްތައް ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ހަވީރު މާލޭގެ ކުރީގެ ކުނިކޮށީގައި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގް ލީޒިންގެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ޕިކަޕްތަކާ ހަވާލުވެވަޑައިގަތީ ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.
ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ޕިކަޕުތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ޗައިނާއިން ހަދިޔާކުރި މި ޕިކަޕްތަކަކީ ކުނި އުފުލުމަށާއި މުނިސިޕަލް ބޭނުންތަކަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕިކަކުތަކެކެވެ.
ސަފީރު ވެންގް ލީޒިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވެހިކަލްތަކަކީ މާލެ އާއި ރާއްޖޭގެ އެހެން ސިޓީތަކުގައި ކުނި އުފުލުމަށާއި އާންމު މަސައްކަތްތަކަށް ވަރަށް ބޮޑު އެހީއަކަށްވެ، ރާއްޖެއަކީ ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް މުހިންމު ދައުރެއް އަދާކުރާނެ އުޅަނދުތަކެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދަން ވެސް ހެލްތު މިނިސްޓްރީން މިއަދު ވަނީ ސޮއިކޮށްފަ އެވެ. އަދި ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 1،500 ޓަނުގެ ބޯފެން ވެސް އިއްޔެ ވަނީ ރާއްޖެ ގެނެސްފަ އެވެ.
ޗައިނާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި ޕިކަޕުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވެންގް ލީޒިންގް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ޗައިނާ އަށެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަނީ ވަރަށް މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ.
50 ކައުންސިލެއްގެ އިމާރާތް އަޅަން ފީސިބިލިޓީ ހަދަނީ
އީދަށް 65 ރަށް ދިއްލަން ބޮކިފަތި ހަރުކުރަން ފަށައިފި
ޗައިނާގެ އެހީގައި 50 ކައުންސިލް އިމާރާތް އަޅަނީ
ސިޔާސީ ގޮތުން އަންހެނުން ބައިވެރިވުން އިތުރުކުރަންޖެހޭ
ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފި
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ބެހުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
އުފާ މިންކުރަން ހެޕިނަސް އިންޑެކްސް އިފްތިތާހުކޮށްފި