Roadha Mihaaru

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ވަގަށް ނަގައިފި

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ރޭ ވަގަށް ނަގައިފި އެވެ.

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ވަގަށް ނަގައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

25 މާޗް 2024

ދަރުމަވަންތަ މިސްކިތުގެ ދެ ފަންކާ ރޭ ވަގަށް ނަގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ‏ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ރޭގެ ވަގުތެއްގައި ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ‏މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް އެ މައްސަލަތަކުގައި މީހަކަށް ފިޔަވަޅު ކަމަށް ފުލުހުން އަދި ނުބުނެ އެވެ.

ކޮންމެ ރޯދަމަހަކު ވެސް މާލެ އާއި ރަށްރަށުގައި ވައްކަމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެ އެވެ.

ހުޅުމާލެ 2 ގައި ހިޔާ ފްލެޓްތައް ކައިރީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރުން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރު ވެސް ވި އެވެ. އެ މީހާ މަރުވީ އެކި ދުވަސްތަކުގެ މަތިން ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުން ދަނިކޮށެވެ.