Roadha Mihaaru
ވިކީ ހަށިގަނޑު ވަރަށް ވަރުގަދަ ކޮށްލައިފި

ވިކީ ހަށިގަނޑު ވަރަށް ވަރުގަދަ ކޮށްލައިފި

24 މާޗް 2024

ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލްގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ހަށިގަނޑު ވަރަށް ވަރުގަދަ ކޮށްލައިފި އެވެ.

ބޮލީވުޑްގެ އެކްޓަރު ވިކީ ކައުޝަލްގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ހަށިގަނޑު ވަރަށް ވަރުގަދަ ކޮށްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު ވިކީ ވަނީ އޭނާގެ ހަށިގަނޑަށް ގެނައި މި ބޮޑު ބަދަލު ފެންނަ ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީ އަށް ލައިފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ވަކީ ވަނީ ބޮޑީ ބިލްޑްކޮށް އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

ވަކީ މިހާރު ތައްޔާރުވަމުން އަންނަނީ 15 ވަނަ ގަރުނުގައި އިންޑިއާގެ މަރާޓީ ރަސްދަރިކޮޅުގެ ވެރިއަކަށް ހުންނެވި ޗަތުރަޕަތީ ސަމްބާޖީ މަހަރާޖްގެ ހަޔާތަށް ގެނެސްދޭ ފިލްމަކަށެވެ. "ޗާވާ"ގެ ނަން ދީފައިވާ އެ ފިލްމުގައި ވަކީއާ އެކު ލީޑު ރޯލުން ރަޝްމީކާ މަންދަނާ ވެސް ފެންނާނެ އެވެ.

"ޗާވާ"ގެ ޑައިރެކްޓަރަކީ "މިމްމީ" އާއި "ލުކަ ޗުޕީ" ކަހަލަ ފިލްމުތައް ގެނެސްދިން ލަކްޝަމް އުޓޭކަރް އެވެ.

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އެ ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ޑިސެމްބަރު މަހު ހައެއްގަ އެވެ.

ވިކީ އެންމެފަހުން ފެނުނީ މިދިޔަ ޑިސެމްބަރު މަހު ގެނެސްދިން "ސާމް ބަހާދުރް" އިންނެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބީއެއް ލިބުނެވެ. އަދި އެއީ ކްރިޓިކުން ތައުރީފު ވެސް ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ.