Roadha Mihaaru
ރަޝިޔާގައި ޓެރަރިސްޓް ހަމަލާއެއް؛ އެތައް ބަޔަކު މަރު

ރަޝިޔާގައި ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް؛ އެތައް ބަޔަކު މަރު

23 މާޗް 2024

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުކުރު ދުވަހު ކޮންސަޓެއް ބޭއްވި ހޯލެއްގެ ތެރެއަށް ހަތިޔާރާ އެކު ވަދެ ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ. މިހާތަނަށް 115 މީހަކު މި ހަމަލާގައި މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ހުކުރު ދުވަހު ކޮންސަޓެއް ބޭއްވި ހޯލެއްގެ ތެރެއަށް ހަތިޔާރާ އެކު ވަދެ ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ. މިހާތަނަށް 115 މީހަކު މި ހަމަލާގައި މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ.

މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައި ވާއިރު މިފަދަ ޖަމާއަތުން ރަޝިޔާގައި ހަމަލާތަކެއް ދޭން އުޅޭ ކަމުގެ އިންޒާރު އެމެރިކާއިން މި މަހުގެ ކުރީކޮޅު ވަނީ ދީފަ އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ހަމަލާ ދިން މީހުން ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރެއަށް ވަނީ ކެމަފްލާޖް ޔުނިފޯމްގައި ތިބެގެންނެވެ. އެތަނަށް ވަދެ ބަޑިން ހަމަލާދޭން ފެށީ ކަމަށާއި ގްރެނޭޑެއް ނުވަތަ އަމިއްލައަށް ހަދާފައިވާ ބޮމެއް ފާޑު އެއްޗެއް ވެސް ގޮއްވާލި ކަމަށް ބުންޏެވެ.

ހަމަލާޔާ އެކު ތަނުގައި ރޯވި ކަމަށާއި ހުޅުގަނޑު ހަލުވިކަމާ އެކު ފެތުރި ދުން ބޯވެގެން ދިޔައިރު އެތެރޭގައި ތިބި މީހުން އެ ވަގުތު ދިޔައީ ހޯލުން ނުކުންނަށް ތެޅިފޮޅެމުން ކަމަށް، ސަލާމަތްވި މީހުން ބުންޏެވެ.

ސަލާމަތްވި މިއުޒިކް ޕްރޮޑިއުސަރެއް ކަމަށްވާ އެލެކްސީ ބުނީ ހަމަލާގެ އަޑު ފުރަތަމަ އިވުނީ ކޮންސަޓް ފެށުމަށް ތައްޔާރުވެފައި އޮއްވައި ކަމަށެވެ. އޭނާ ބުނީ ސޮވިއެޓް ޒަމާނުގެ ރޮކް ބޭންޑް "ޕިކްނިކް" ގެ ކޮންސަޓް ބަލަން ގޮނޑީގައި އިށީންތަނާ ބަޑީގެ އަޑު އިވެން ފެށި ކަމަށާއި ދެން އިވެން ފެށީ މީހުންގެ ހަޅޭކުގެ އަޑު ކަމަށެވެ.

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު ރޯވެ އަނދާއިރު އެތަނުގެ ބޭރުގައި އިމަޖެންސީ ވެހިކަލްތައް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު ރޯވެ އަނދާއިރު އެތަނުގެ ބޭރުގައި އިމަޖެންސީ ވެހިކަލްތައް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

"އަހަންނަށް ވަގުތުން އެނގިއްޖެ އެއީ އޮޓޮމެޓިކް ބަޑީގެ އަޑުކަން. ހިތަށް އެރި މި ވާނީ ޓެރަރިސްޓު ހަމަލާޔަކަށޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އިމަޖެންސީ ދޮރުތަކުން މީހުން ނުކުންނަށް އުޅުމުގެ ތެރޭގައި މީހުން ފިތި ބާރުވެފައި އޮތް ކަމަށެވެ.

ރަޝިޔާ އިންވެސްޓިގޭޓިވް ކޮމިޓީން ފުރަތަމަ ބުނީ ހަމަލާގައި މަރުވީ 40 މީހުން ކަމަށެވެ. ނަމަވެސް އެ އަދަދު ފަހުން 60 އަށް ވުރެ މަތިވާނެ ކަމަށް ބުނި ފަހުން ވެސް މި އަދަދު ދަނީ މަތިވަމުންނެވެ.

ރަޝިޔާގެ ހެލްތު މިނިސްޓަރު މިޚައިލް މުރަޝްކޯ ވިދާޅުވީ މި ހާދިސާގައި ޒަހަމްވި 115 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށާއި އަންހެނެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

ރަޝިޔާގެ ކްރޮކަސް ސިޓީ ކޮންސަޓް ހޯލް ތެރޭގައި ދިން ހަމަލާތަކަށް ފަހު އެތަނުގައި ރޯވެ އަނދާފައި. -- ފޮޓޯ: އޭއެފްޕީ

މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ބަަލައިގެން ތަހުގީގު ފަށާފައި ވަނިކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ބުނީ މިއީ އެ ޖަމާއަތުން ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާ ދިން މީހުން ސަލާމަތުން އެނބުރި ގޮސް މިހާރު ތިބީ ރައްކާތެރި ތަންތަނުގައި ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ވެސް ރަޝިޔާގެ މޮސްކޯ އާއި އެހެން ބައެއް ސިޓީތަކުގައި އައިއެސް އިން ހަމަލާ ދީފައިވެ އެވެ. ރަޝިޔާގައި ހުންނަ އެމެރިކާ އެމްބަސީން މި މަހު ކުރީކޮޅު ވަނީ ހައްދުފަހަނައެޅި ޖަމާއަތެއްގެ ބަޔަކު، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ހަމަލާ ދޭން ރާވާކަމުގެ މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށް ބުނެ އެކަން ސަމާލުކަމަށް ގެނެސްފަ އެވެ. ވައިޓް ހައުސް އިން ބުނީ ކޮންސަޓް ފަދަ އެއްވުންތަކަށް ހަމަލާދޭން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ރަޝިޔާގެ ކަމާބެހޭ ފަރާތްތަކަށް ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.

ރަޝިޔާގައި ދިން މި ހަމަލާ ކުށްވެރިކޮށް އެކި ގައުމުތަކުން ގެންދަނީ ބަޔާންތައް ނެރެމުންނެވެ. -- އޭއެފްޕީ