22 މާޗް 2024
މި އަހަރުގެ ފުރަތަމަ ތިން މަސް ހަމަވުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރާތްކޮށްފި އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަސް ހަމަވުމުގެ ކުރިން ބައި މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް ވަނީ ޖުމްލަ 529،547 ޓޫރިސްޓުން އައިސްފަ އެވެ.
މިއީ މިދިޔަ އަހަރުގެ އެހާތަނަށް ރާއްޖެ އިން މަރުހަބާ ކިޔާފައިވާ 468،763 ޓޫރިސްޓުންނަށް ވުރެ 13 ޕަސަންޓު އިތުރުވުމެކެވެ.
މި އަހަރަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވަނީ މިދިޔަ މަހު އެވެ. މިދިޔަ ފެބްރުއަރީ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދަކީ 217،392 އެވެ. އެކަމަކު މި ހިނގާ މާޗް މަހު އެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް ޒިޔާރަތް ކުރީ 119،770 ޓޫރިސްޓުންނެވެ.
މި ތަފާސްހިސާބުތަކުގެ މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މިދިޔަ އަހަރު ތިން ވަނައިގައި އޮތް ޗައިނާ އިންނެވެ. ޗައިނާގެ 61،802 ޓޫރިސްޓުން އެ މުއްދަތުގައި ރާއް ޖެއަށް އައިސްފައި ވެ އެވެ.
މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިންޑިއާ، މިހާރު ވަނީ ލިސްޓުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އިންޑިއާ އިން ރާއްޖެ އައީ 31،649 ޓޫރިސްޓުންނެވެ.
މިދިޔަ އަހަރެކޭ އެއްފަދައިން ރަޝިއާ އޮތީ ދެ ވަނައިގަ އެވެ. މިދިޔަ އަހަރު އެ ލިސްޓުގެ ހަ ވަނައިގައި އޮތް އިޓަލީ މި އަހަރު ވަނީ ތިން ވަނަ އަރައިފަ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
މިއަދަކީ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް
ޓޫރިސްޓުން އައި އަދަދު 12 ޕަސެންޓު އިތުރުވެއްޖެ
ސައޫދީ ޓޫރިސްޓުންގެ އަދަދަށް ބޮޑު އިތުރުވުމެއް