Roadha Mihaaru
ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން ފަށައިފި

ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން ފަށައިފި، ބަލާނީ ކަރަންޓު މީޓަރު ނަންބަރަށް

09 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް މާލޭގައި މިއަދު ބަހަން ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް މާލޭގައި މިއަދު ބަހަން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ ރޯދަ ހަދިޔާ ދޫކުރާނީ ކޮންމެ ކަރަންޓް މީޓަރުގެ ނަންބަރަކަށް ކަމަށާއި ހަދިޔާއާ ހަވާލުވާން ދާއިރު މީޓަރު ނަންބަރު ދައްކަން ޖެހޭނެ އެވެ.

ހަދިޔާ ބަލާ ދާން ޖެހޭނީ ދިވެއްސަކު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ހަނޑޫ އަދި ފުށް ބަލާ ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެ އެވެ.

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ:

- ހެނދުނު 10:00 އިން ހަވީރު 4:00 އަށް

- ރޭގަނޑު 8:30 އިން 11:00 އަށް

ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ:

- ހެނދުނު 9:30އިން މެނދުރު 1:00 އަށް

- ރޭގަނޑު 9:00 އިން 11:00 އަށް

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ސިޓީ ކައުންސިލުން ބުނިގޮތުގައި މާލޭގެ ހަ ސަރަހައްދަކުން ކާޑުގެ ބާވަތްތައް ދޫކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެއީ

- ގަލޮޅު ދަނޑު

- މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި

- މާލޭ ސޯޝަލް ސެންޓަރ

- ވިލިމާލޭ ބިއްރި މިސްކިތް ހޯލް

- ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން

- ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މާލޭ ސިޓީގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި މިދިޔަ ޖެނުއަރީ 13 ވަނަ ދުވަހު ރައީސް ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑުލާއި ހަކުރު އަދި ފުށް އެތެރެކުރަން ވަކި ގައުމަކަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެންނަން އެ ގައުމާ އެކު އެއްބަސްވެފައިވާ ކަމަށެވެ.

އަންނަ އަހަރު އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ދުވަހު ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާއަށް އެކި ކަންކަމުގައި ރާއްޖެއިން މާބޮޑަށް ބަރޯސާވެފައި އޮންނާތީ އެކަމާ ގުޅޭ ގޮތުންނެވެ.