29 ފެބުރުއަރީ 2024
ކެންސަރަކީ އެ ބައްޔަކަށް ފާރަވެރިވެގެން ތިބެން ޖެހޭ ބައްޔެކެވެ. މި ބަލީގެ އެކި ވައްތަރުތައް ދިވެހިންގެ މެދުގައި އާއްމުވަމުންދާ އިރު, މި ބައްޔަށް ފަރުވާ ހޯދާ, ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑީ, ބަލީގެ ކުރީކޮޅު ބަލި ދެނެގަނެގެންނެވެ. އޭޑީކޭ ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓު ޑރ. ކަމާލް ރާޖް ސޯޓީ ވެސް ވިދާޅުވީ މި ވާހަކަ އެވެ.
ކެންސަރަކީ އެ ބައްޔަކަށް ފާރަވެރިވެގެން ތިބެން ޖެހޭ ބައްޔެކެވެ. މި ބަލީގެ އެކި ވައްތަރުތައް ދިވެހިންގެ މެދުގައި އާއްމުވަމުންދާ އިރު, މި ބައްޔަށް ފަރުވާ ހޯދާ, ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑީ, ބަލީގެ ކުރީކޮޅު ބަލި ދެނެގަނެގެންނެވެ. އޭޑީކޭ ހޮސްޕިޓަލުގެ އޮންކޮލޮޖިސްޓު ޑރ. ކަމާލް ރާޖް ސޯޓީ ވެސް ވިދާޅުވީ މި ވާހަކަ އެވެ.
"ދިވެހިންގެ މެދުގައި މިހާރު އެންމެ އާއްމުވަމުންދާ ކެންސަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރުތަކާއި ބްރެސްޓު ކެންސަރު އަދި ކޮލޯން ކެންސަރާއި ސާވިކަލް ކެންސަރު ވެސް ފާހަގަކުރެވޭ. މި ކެންސަރުތައް ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ ފަރުވާދީ, ކެންސަރު ނައްތާލުމުގެ ފުރުސަތު ބޮޑުވޭ." ޑރ. ވިދާޅުވި އެވެ.
ޑރ. ކަމާލް ވިދާޅުވީ, އޭޑީކޭއިން މި މަހު ފާހަގަކުރި "ކެންސާ އެވެއާނަސް ޑޭ" އާއި އިތުރު އެހެން މުނާސަބަތުތަކުގައި ވެސް ކެންސަރުގެ އެކި ބަލިތަކަށް އަހުލުވެރިކުރުވައި އާލީ ޑިޓެކްޝަނަށް ބޭނުންވާ ޓެސްޓުތައް ހެދުމަށް އާއްމުންނަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.
"މިހާރު އާއްމު ކެންސަރުތަކުގެ ތެރެއިން ސާވިކަލް ކެންސަރަށް 21 އަހަރުން ފެށިގެން ހަދަން ޖެހޭ ޕެޕްސްމިއާ އަކީ މި ތަނުން ހެއްދޭ ޓެސްޓެއް. މިއީ ކޮންމެ ތިން އަހަރަކުން ހަދަން ޖެހޭ ޓެސްޓެއް. ކޮލޯން ކެންސަރުގެ އަލާމާތެއް ހުރިތޯ ބެލުމަށް އާލީ ޑިޓެކްޝަނަށް 45 އަހަރުން ފެށިގެން ސްޓޫލް ޓެސްޓެއް ނޫނީ ކޮލޮނޯސްކޮޕީ ހެދުން މުހިންމު. މި ވެސް އޭޑީކޭއިން ހެއްދޭނެ ޓެސްޓުތައް،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ކަމާލް ވިދާޅުވީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް 20 އަހަރުން ފެށިގެން އުރަމަތީގެ ސްކޭން ހެއްދުން މުހިންމު ކަމަށެވެ. އަދި އަނގައިގެ ކެންސަރުތައް އާއްމުވަމުން ދާއިރު, މި ކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ގުޅިފައިވާ ކަމަކަށް ވާއިރު, ދުންފަތުގެ އިސްތިއުމާލުކުރުން އަވަހަށް ހުއްޓާ ޗެކްއަޕްތައް ހެދުމަށް އިލްތިމާސްކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެންސަރުގެ އަލާމާތްތައް ދެނެގަތުމަށް ހެދެން ހުރި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް އޭޑީކޭ ފަދަ ހޮސްޕިޓަލުތަކުގައި ހުރި އިރު, އޭގެ ބޭނުން ހިފައި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެކެވެ.
ބަލި އަވަހަށް ދެނެގަތުމާއި އެއްވަރަށް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ޅަ އުމުރުން ފެށިގެން އެޅުން މުހިންމުކަން އޮންކޮލޮޖިސްޓް ފާހަގަކުރެއްވި އެވެ.
"ސާވިކަލް ކެންސަރުން ރައްކާތެރިވުމަށް 11 އަހަރުން މަތީގެ އަންހެން ކުދިންނަށް ވެކްސިނޭޝަން ދިނުމަކީ މުހިންމު ކަމެއް. އަދި ސެކްޝުއަލީ އެކްޓިވްވާ ހިސާބުން, ރައްކާތެރި ގޮތުގައި ގުޅުން ހިންގުމާއި ގިނަ ސެކްޝުއަލް ޕާޓްނަރުން ނުގެންގުޅުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅު،" ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ކަމާލް ވިދާޅުވި ގޮތުގައި ކޮލޯން ކެންސަރުން ރައްކާތެރިވުމަށް ރެޑްމީޓް ކެއުން މަދުކުރަން ޖެހޭ ކަމަށެވެ. އަދި ބެލެންސް ޑައިޓެއްގައި ކެއުން ބައްޓަން ކުރުމަކީ ވެސް މި ކެންސަރުން ރައްކާތެރިވުމަށް ކުރެވޭނެ ކަމެއްގެ ގޮތުގައި ޑޮކްޓަރު ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ އަނގައިގެ ކެންސަރުތައް ގިނަވަމުން ދާއިރު, ސިނގެރޭޓު ބުއިމާއި, ދުފަން ދުންފަތް ބޭނުންކުރުމާއި ވޭޕުކުރުމަކީ ދުރުވާންވީ ނުރަނގަޅު އާދަތައް ކަމަށެވެ. އަދި އަނގައިގެ ކެންސަރުތައް ޖެއްސުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަނީ ދުންފަތް ކަމަށް ވެސް ވިދާޅުވި އެވެ.
ޑޮކްޓަރު ވަނީ އޭޑީކޭގައި ދުންފަތް ބޭނުންކުރުން ހުއްޓާލުމަށް އެހީވާ ކްލިނިކެއް ހުރިކަން ވެސް ފާހަގަކުރައްވައިފަ އެވެ.
އޭޑީކޭ ހޮސްޕިޓަލަކީ ކެންސަރު ބަލީގެ ޒަމާނީ ފަރުވާއަށް، ގިނަ ހިދުމަތްތަކެއް ދެމުންދާ ތަނެކެވެ. މި ހޮސްޕިޓަލުން މި ބައްޔަށް ހާއްސަކޮށް އޮންކޮލޮޖީ ޑިޕާޓްމަންޓެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
އޭޑީކޭ އޮންކޮލޮޖީ ޑިޕާޓްމަންޓަކީ ކެންސަރަށް ޑައިގްނޯސްކުރުމާއި ފަރުވާ ޕްލޭންކޮށް ފަރުވާ ދިނުމާއި ޕޭޝަންޓުންނަށް ފަރުވާ އާއި ބައްޔާ ބެހޭ މައުލޫމާތާއި ކައުންސެލިންއަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މި ތަނުގައި އޮންކޮލަޖިސްޓަކާއި ކީމޯއަށް ހާއްސަ ދެ ނަރުހުން ތިބެ އެވެ.
ކެންސަރު ޕޭޝަންޓުންނަށް ބޭނުންވާ އެންމެ ބޮޑު ޓްރީޓަމަންޓުކަމަށްވާ ކީމޯ ތެރަޕީ ދިނުމަށް އެއްފަހަރާ ތިން ޕޭޝަންޓުންނަށް ފަރުވާ ދެވޭނެ ކީމޯ ރޫމެއް ވެސް އެ ހޮސްޕިޓަލުގައި ހުރެ އެވެ. އަދި މި ތަނުގައި ޓްރީޓްމަންޓު ޕޭޝަންޓަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
އެ ހޮސްޕިޓަލުގައި މިހާރު ބޭނުން ކުރަމުން އަންނަ 18 އެފް – އެފްޑީޖީ - ޕެޓް ސީޓީ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކެންސަރަށް ސްކްރީން ކުރުމަށް ބޭނުންކުރާ ސްކޭނެވެ. މި ސްކޭން އެޑީކޭއިން ހެދޭނެ އެވެ.
ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ނަފްސާނީ ބައްޔަށް ލަސްނުކޮށް ފަރުވާ ހޯދުން މުހިންމު
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
44 ޕޭޝަންޓަކަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީ ދީފި
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
ކެންސަރުގެ ފަރުވާއަށް އޭޑީކޭގައި ހާއްސަ ޑިޕާޓްމަންޓެއް
ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ފަރުވާގެ އާ މަގެއް
އޭޑީކޭ: ފިޒިއޮތެރަޕީގެ ހިދުމަތުގައި ބޮޑު ކުރިއެރުމެއް
އޭޑީކޭގައި ޕެރިއޮޕަރެޓިވް ނަރުހުންގެ ހަފްތާ ފާހަގަކޮށްފި