Roadha Mihaaru
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު

ނާރުގެ މައްސަލަތައް ކުރިމަތިވުމުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު ބޮޑު

02 އޮކްޓޯބަރ 2024

ސިއްހީ އެކި މައްސަލަތަކަކީ އާއްމު ދިރިއުޅުން ބައްޓަންވެފައި ހުންނަ ގޮތާ ގުޅިލާމެހިފައިވާ މައްސަލަތަކެވެ. ނާރުގެ ބައެއް މައްސަލަތަކަކީ ވެސް ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކުރިމަތިވާ މައްސަލަތަކެކެވެ. އަދި މި ކަންތައްތަކަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އިތުރަށް ގޯސްވާން ވެސް މަގުފަހިވާ ކަންތައްތަކެކެވެ.

ސިއްހީ އެކި މައްސަލަތަކަކީ އާއްމު ދިރިއުޅުން ބައްޓަންވެފައި ހުންނަ ގޮތާ ގުޅިލާމެހިފައިވާ މައްސަލަތަކެވެ. ނާރުގެ ބައެއް މައްސަލަތަކަކީ ވެސް ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ކުރިމަތިވާ މައްސަލަތަކެކެވެ. އަދި މި ކަންތައްތަކަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން އިތުރަށް ގޯސްވާން ވެސް މަގުފަހިވާ ކަންތައްތަކެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނާރުގެ އޮޕަރޭޝަން ޑޮކްޓަރު ޑރ. ރޮބިން ބަޓާރައި ވިދާޅުވި ގޮތުގައި ރާއްޖެއިން އާއްމުކޮށް މައިބަދައާ ގުޅޭ ނާރުގެ މައްސަލަތަކުގެ ގޮތުގައި ފާހަގަވެފައި ވަނީ ޑިޖެނެރެޓިވް ސްޕައިން ޑިސްއޯޑާ އާއި ޑިސްކު ބަލްޖުވުމާއި މައިބަދަ ނުވަތަ ކަނދުރާއިން ނާރު ފިތުމެވެ.

ޑޮކްޓަރު ވިދާޅުވީ މި ފަދަ މައްސަލަތަކަކީ ގިނަ ވަގުތު އިށީނދެ އިނދެ ކުރާ އެކި މަސައްކަތްތަކުގެ ސަބަބުން އިތުރަށް ގޯސްވާ މައްސަލަތައް ކަމަށެވެ. އަދި މިއީ، ކަސްރަތު ނުކުރުމާއި ބަރުދަން އިތުރުވުން ފަދަ ކަންތައްތަކާއި ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރެއްވި އެވެ. އަދި މި މައްސަލަތަކަކީ ފަރުވާ ނުހޯދައި ދޫކޮށްލުމުން އިތުރަށް ގޯސްވެ, ދިގު މުއްދަތަކަށް ތަދު ތަހައްމަލުކުރަން ޖެހޭނެ މައްސަލަތައް ކަން ވެސް ފާހަގަކުރެއްވި އެވެ.

"އާއްމުކޮށް އުނަގަނޑުގައި ރިއްސުމާއި އަތް, ފައި އައްސިވެފައި ހުރުން ފަދަ މައްސަލަތައް ފާހަގަވާ ނަމަ ޑޮކްޓަރަށް ދައްކައި ބަލި ދެނެގަތުން މުހިންމު. މި ފަދަ އެކި މައްސަލަތައް ދެނެގަތުމަށް ހަދާ އެމްއާރުއައި އޭޑީކޭއިން ހެދޭނެ. އަދި ބަލި ދެނެގަންނަ އިރު, ސާޖަރީއެއް ބޭނުންވާ ނަމަ އެ ސާޖަރީއެއް ވެސް މި ހޮސްޕިޓަލުން ހެދޭނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައިބަދައިގެ އިތުރުން، މި ފަހުން ސިކުނޑިއަށް ދިމާވާ ނާރުގެ ނުރައްކާތެރި މައްސަލައެއް ވެސް ކުރިމަތިވަމުންދާ މިންވަރު އިތުރުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.

"ސްޓްރޯކަކީ ކުއްލިއަކަށް ކުރިމަތިވާ ނުރައްކާ ބޮޑު މައްސަލައެއް. މި މައްސަލަ އަކީ ހިތުގެ ބަލި ހުންނަ މީހުންނާއި ހަކުރު ބަލި އަދި ކޮލެސްޓްރޯލް މަތި މީހުންނަށް ކުރިމަތިވާނެ ކަމުގެ ރިސްކު ބޮޑު މައްސަލައެއް. މި މައްސަލައިން ރައްކާތެރިވުމަށް ވެސް ދުޅަހެޔޮ ލައިފްސްޓައިލެއް ޕްރެކްޓިސްކުރަން ޖެހޭ،" ޑރ. ރޮބިން ވިދާޅުވި އެވެ.

ރޮބިން ވިދާޅުވީ ސްޓްރޯކަކީ 50 އަހަރުން މަތީގެ މީހުންނަށް ރިސްކު ބޮޑު ކަމަކަށްވުމުން ބަރާބަރަށް ޗެކްއަޕްތައް ހެދުން މުހިންމު ކަމަށެވެ. އަދި ހަކުރާއި ކޮލެސްޓްރޯލް ކޮންޓްރޯލްކުރުމާއި ދުންފަތުން އިސްތިއުމާލުކުރުން ހުއްޓާލުމާއި ކަސްރަތު ކުރުމަކީ ސްޓްރޯކެއް ޖެހުމާއި ދުރުހެލިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

ޑޮކްޓަރު ރޮބިން ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާތެރި ބަލިތަކަށް ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލަކީ ސްޓްރޯކް ޖެހުމުން ސިކުނޑީގައި އުފެދޭ ގަނޑު ލޭކޮޅު ނެގުމަށް ހަދާ އެންޑޯވަސްކިއުލާ ސާޖަރީ މިނިމަލީ އިންވޭސިވްކޮށް ހެދެން ހުރި ހޮސްޕިޓަލެއްކަން ފާހަގަކުރެއްވި އެވެ.

އަދި އެ ހޮސްޕިޓަލުގައި ސާޖަރީ ހެދުމާއި, ގަނޑު ލޭކޮޅު ހުރި ހިސާބެއް ދެނެގަތުމަށް ހެދާ ޓެސްޓުތައް ހެދުމުގައި ވެސް އެންމެ ފަހުގެ މެޝިނަރީ ހުރިކަން ފާހަގަކުރެއްވި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުން މިދިޔަ އަހަރުތަކުގެ ތެރޭގައި ނިއުރޯސާޖަރީގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ފުރިހަމަވެފައިވުމުން ރާއްޖެއިން ބޭރަށް ދޭ ރިފަރަލްތައް ވެސް ވަނީ މަދުކުރެވިފަ އެވެ. އަދި އެ ހޮސްޕިޓަލުގެ ނިއުރޮލޮޖީ ފަރުވާތައް ފުޅާކުރުމުގައި އެ ހޮސްޕިޓަލުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ދައުރު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ނާރުގެ ބަލިތައް ދެނެގަނެ ފަރުވާ ދޭން ހާއްސަ ނިއުރޮލަޖީ ޑިޕާޓްމަންޓެއް ހުރެ އެވެ. އެ ޑިޕާޓްމަންޓުގައި ނާރުގެ އޮޕަރޭޝަން ޑޮކްޓަރުންގެ ގޮތުގައި ތިން ޑޮކްޓަރުން ކޮންސަލްޓުކުރައްވަ އެވެ. މި ހޮސްޕިޓަލުގައި ނާރުގެ ގިނަ އޮޕަރޭޝަންތައް ކުރެވެން ހުރި އިރު, މި އަހަރު ވަނީ ރާއްޖޭގައި އަލަށް މައިބަދައިގެ މިނިމަލީ އިންވޭސިވް ލަމްބާ ސްޕައިން ފިއުޝަން (އެމްއައިއެސް) ސާޖަރީ އާއި ސިކުނޑީގެ 3ޑީ ޕްރިންޓެޑް ކްރާނިއޯޕްލާސްޓީ ސާޖަރީ ވެސް ހަދައިފަ އެވެ.

އެ ހޮސްޕިޓަލުގައި ނާރުގެ އެކި ބަލިތައް ދެނެގަތުމަށް ހަދަން ޖެހޭ ސްކޭންތައް އެންމެ ފުރިހަމައަށް ހެއްދޭނެ ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހުރެ އެވެ. މި ޑިޕާޓްމަންޓުން 3ޓީ އެމްއާރުއައި ސްކޭންގެ ހިދުމަތް މިދިޔަ އަހަރު ތައާރަފްކޮށް އެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ. މިއީ، އާއްމުކޮށް ހައްދާ އެމްއާރުއައިއަށް ވުރެ ގިނަ ޑީޓެއިލްތައް ލިބެން ހުންނަ މެޝިނެކެވެ.

އޭޑީކޭއަކީ ނާރުގެ އެކި ބަލިތަކަށް އެންމެ ފުރިހަމައަށް ފަރުވާތައް ލިބެން ހުރި އެއް ހޮސްޕިޓަލެވެ.

ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްވަޓޯރިއަލް އާޓިކަލެކެވެ.