ދިވެހިންގެ ތެރޭގައި އާއްމުވަމުންދާ އެންމެ ނުރައްކާތެރި އެއް ސިއްހީ މައްސަލައަކީ ކެންސަރުގެ ބަލިތަކެވެ. ކެންސަރަށް ފަރުވާ ހޯދަން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ބަޔަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އެއް ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ބޭނުންވާ ފަރުވާއަށް އެންމެ ފުރިހަމަ އަހައްމިޔައްތުކަން ދިނުމުގެ ގޮތުން އެކަމަށް ހާއްސަ އޮންކޮލަޖީ ޑިޕާޓްމަންޓެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
ދިވެހިންގެ ތެރޭގައި އާއްމުވަމުންދާ އެންމެ ނުރައްކާތެރި އެއް ސިއްހީ މައްސަލައަކީ ކެންސަރުގެ ބަލިތަކެވެ. ކެންސަރަށް ފަރުވާ ހޯދަން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާއިރު، މި ބަޔަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އެއް ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ބޭނުންވާ ފަރުވާއަށް އެންމެ ފުރިހަމަ އަހައްމިޔައްތުކަން ދިނުމުގެ ގޮތުން އެކަމަށް ހާއްސަ އޮންކޮލަޖީ ޑިޕާޓްމަންޓެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.
އޭޑީކޭ އޮންކޮލޮޖީ ޑިޕާޓްމަންޓަކީ ކެންސަރަށް ޑައިގްނޯސްކުރުމާއި ފަރުވާ ޕްލޭންކޮށް ފަރުވާ ދިނުމާއި ޕޭޝަންޓުންނަށް ފަރުވާ އާއި ބައްޔާ ބެހޭ މައުލޫމާތާއި ކައުންސެލިންއަށް ހާއްސަ ޑިޕާޓްމަންޓެކެވެ. މި ޑިޕާޓްމަންޓުގައި އޮންކޮލަޖިސްޓަކާއި ކީމޯއަށް ހާއްސަ ދެ ނަރުހުން ތިބެ އެވެ.
ކެންސަރު ޕޭޝަންޓުންނަށް ބޭނުންވާ އެންމެ ބޮޑު ޓްރީޓަމަންޓުކަމަށްވާ ކީމޯ ތެރަޕީ ދިނުމަށް ކީމޯއަށް ހާއްސަ ޖާގަ ތަނަވަސް ކީމޯ ރޫމަކީ އެއްފަހަރާ ދެ ޕޭޝަންޓުންނަށް ފަރުވާ ދެވޭނެ ކެޕޭސިޓީގެ ތަނެކެވެ. ކީމޯ ބޭނުންވާ ޕޭޝަންޓުންނަށް ކީމޯ ދިނުމުގެ ކުރިން، ކަމާ ގުޅޭ ގޮތުން އާއިލާ އާއި ޕޭޝަންޓަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ހިއްސާ ކުރެ އެވެ. އަދި ކީމޯ ދިނުމުގައި ހުންނަ ސައިޑް އެފެކްޓްސްތައް ޕޭޝަންޓަށް ބުނެދީ، ސައިޑް އެފެކްސް ކުޑަކުރުމަށް އިންޖެކްޝަނެއް ދެ އެވެ.
އޭޑީކޭއިން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓުންނަށް ކަމުގެ ހުރިހާ މައުލޫމާތުތަކެއް ފޯރުކޮށްދީ، ބައްޔާ އެކު ކުރިމަތިވާ ނުތަނަވަސްކަމުން އަރައިގަތުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ޓްރީޓްމަންޓު ޕޭޝަންޓަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ގާއިމުކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.
އޭޑީކޭއިން ކެންސަރު ފަދަ ބަލިތައް ދެނެގަނެ، ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާ ކުރމުގެ ގޮތުން ދާދި ފަހުން ތައާރަފް ކުރި 3ޓީ އެމްއާރުއައި މެޝިނުގެ ސަބަބުން ކެންސަރު ހުރި ދިމާ ވަކިން ފާހަގަ ކުރުމަށް އެހީތެރިވެދެ އެވެ. އަދި މިއީ ކެންސަރު އެނބުރި އައިސްފައިވޭތޯ ޗެކުކުރާއިރު، އެންމެ ފުރިހަމަ ސްކޭނިން ވެސް ހެއްދޭނެ މެޝިނެވެ.
އޭޑީކޭގެ ކެންސަރު ޑިޕާޓްމަންޓުގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން އެ ހޮސްޕިޓަލުން ދަނީ ޕްރޮސްޓޭޓް ކެންސަރު ޑައިގްނޯޒް ކުރުމަށް ހާއްސަ ސްކޭން ހެއްދޭނެ އިންތިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެކަމަށް ހާއްސަ 18 އެފް ޕީއެސްއެމްއޭ ސީޓީ ތައާރަފްކުރުމުގެ މަސައްކަތްތައް އެ ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ.
އެ ހޮސްޕިޓަލުގައި މިހާރު ބޭނުން ކުރަމުން އަންނަ 18 އެފް – އެފްޑީޖީ - ޕެޓް ސީޓީ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކެންސަރަށް ސްކްރީން ކުރުމަށް ބޭނުންކުރާ ސްކޭނެވެ. މި ސްކޭން އެޑީކޭއިން ހެއްދޭނެ އެވެ.
އޭޑީކޭގެ އޮންކޮލަޖިސްޓް ޑރ. ކަމާލް ރާޖް ސޯޓީ ވިދާޅުވީ އެ ހޮސްޕިޓަލުން ކެންސަރަށް ޑައިގްނޯޒްކުރުމަށް ފަހު ޕޭޝަންޓަށް ފަރުވާ ޕްލޭންކުރަނީ ކަމާ ގުޅުން ހުރި ޑކްޓަރުންގެ ޓީމަކުން ޕްލޭނެއް އެކުލަވާލައިގެން ކަމަށެވެ. އެގޮތުން ކޮންމެ ކެންސަރަކަށް ވެސް ކެންސަރު ޖެހިފައިވާ ގުނަވަނަކާއ ގުޅުން ހުރި ޑޮކްޓަރުންގެ ލަފަޔާ މަޝްވަރާ ހޯދާކަމަށް ބުންޏެވެ.
"މިސާލަކަށް ސްކިން ކެންސަރު. މިހާރު ވަރަށް އާއްމުވަމުންދާ ކެންސަރެއް މީ. ސްކިން ސެންސަރު ނަމަ ޑާމަޓޮލަޖިސްޓުންނާ ޕްލާސްޓިކް ސާޖަނުންނާ މަޝްވަރާ ކުރާނެ. އަނގައިތެރެ ނަމަ އެކަމާ ގުޅުން ހުރި ދޮކްޓަރުން، ފުއްޕާމޭ ނަމަ އެކަމާ ގުޅުންހުރި ހުރިހާ ޑޮކްޓަރުންގެ ލަފާ ހޯދާނެ. އެންމެ އޮންކޮލޮޖިސްޓެއް ހުރި ނަމަވެސް، ފަރުވާ ޑައިގްނޯސްކޮށް ފަރުވަޕްލޭންކުރުމުގައި ޑޮކްޓަރުންގެ ޓީމެއް އޮންނާނެ." ޑރ. ސޯޓީ ވިދާޅުވި އެވެ.
އޭޑީކޭގެ އޮންކޮލަޖިސްޓް ޑރ. ކަމާލް ރާޖް ސޯޓީ. -- ފޮޓޯ: އޭޑީކޭ
ޑރ. ސޯޓީ ވިދާޅުވީ އެ ޑިޕާޓްމަންޓުގެ ހިދުމަތްތަކަކީ ޕޭޝަންޓުންނަށް ދަތިކަމެއް ނެތި ފަސޭހައިން ލިބޭނެ ހިދުމަތަކެއްކަމަށް ޔަގީން ކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އަމާޒަކީ ކެންސަރަށް ބޭނުންވާ ފަރާތްތަކަށް ދޭ ހިދުމަތްތައް ފުޅާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ރާއްޖެއިން ލިބެން ހުރި އެންމެ ރަނގަޅު ހިދުމަތްތައް މި ތަނުން ލިބޭނެ. ބްލަޑް ކެންސަރު ފަދަ ބަލިތަކަށް ހާއްސަ ކީމޯ ވެސް މި ތަނުން ލިބޭނެ. ކީމޯ ދިނުމުގައި ޕޭޝަންޓުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ނަރުހުން އަބަދުވެސް އުޅޭނެ." ޑރ. ސޯޓީ ވިދާޅުވި އެވެ.
ޑޮކްޓަރު ސޯޓީ ވިދާޅުވީ އޭޑީކޭގެ އޮންކޮލަޖީ ޑިޕާޓްމަންޓަކީ ކެންސަރުގެ މުޅި ފަރުވާގެ ހުރިހާ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭ ތަނެއް ކަމަށެވެ.
"ޕޭޝަންޓަށް ބޭނުންވާ ހުރިހާ ޓެސްޓުތަކަކާއި ހުރިހާ ކަމެއްގައި އެހީތެރިކަން ލިބޭނެ. އެންމެ ކުޑަމިނުން ކެއުމަށް ގެންނަންވީ ބަދަލުތައް ކިޔާ ދޭން ޑައިޓިޝަނެއްގެ ކޮންސަލްޓޭޝަން ވެސް ލިބޭނެ." ޑޮކްޓަރު ވިދާޅުވި އެވެ.
އެކި ވައްތަރުގެ ކެންސަރަކީ ދިވެހިންގެ މެދުގައި އާއްމުވަމުންދާ ބައްޔަކަށް ވާއިރު ކެންސަރަށް ގަވާއިދުން ސްކްރީންކުރުމަކީ މުހިންމު ކަމަށެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައި ބްރެސްޓް ކެންސަރާއި ސާވިކަލް ކެންސަރު އިތުރުވަމުންދާ އިރު ގަވާއިދުން ސްކްރީނިން ހައްދަން ޖެހެ އެވެ.
ބްރެސްޓް ކެންސަރު ސްކްރީން ކުރުމަށް ހަދަން ޖެހޭ މެމޯގްރާމް އާއި ކާވިކަލް ކެންސަރު ޓެސްޓުކުރުމަށް ހަދާ ޕެޕްސްމިއާ އަކީ އޭޑީކޭއިން ހެދޭނެ ޓެސްޓުތަކެވެ. އޭގެ އިތުރުން ލޭގެ ކެންސަރަށް ހަދާ ބްލަޑް ޓެސްޓާއި އަނގަ އާއި ހިރުގަނޑުގެ ކެންސަރާއި، އެތެރެ ހަށީގެ އެކި ގުނަވަންތަކާއި ހަމުގެ ކެންސަރަށް ވެސް އޭޑީކޭއިން ސްކްރީން ކުރެވޭނެ އެވެ.
އޭޑީކޭއިން އަމާޒުހިފާފާ ހުރީ އަދިވެސް އިތުރު ހިދުމަތްތައް ތައާރަފްކޮށް މި ޑިޕާޓްމަންޓު ފުޅާ ކުރުމަށެވެ.
ނޯޓު: މިއީ އޭޑީކޭ ހޮސްޕިޓަލުގެ އެޑްވަޓޯރިއަލްއެކެވެ.
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
އޭޑީކޭ: ދުންފަތުން ދުރުވުމަށް އެހީތެރިކަން ފޯރުކޮށްދެނީ
ނަފްސާނީ ބައްޔަށް ލަސްނުކޮށް ފަރުވާ ހޯދުން މުހިންމު
ކެންސަރަށް ފާރަވެރިވާން ގަވައިދުން ޓެސްޓްހެދުން މުހިއްމު
44 ޕޭޝަންޓަކަށް ހައިޕާބެރިކް އޮކްސިޖަން ތެރަޕީ ދީފި
ހައިޕާބެރިކް ޓްރީޓްމަންޓް ޔުނިޓް، ފަރުވާގެ އާ މަގެއް
އޭޑީކޭ: ފިޒިއޮތެރަޕީގެ ހިދުމަތުގައި ބޮޑު ކުރިއެރުމެއް
އޭޑީކޭގައި ޕެރިއޮޕަރެޓިވް ނަރުހުންގެ ހަފްތާ ފާހަގަކޮށްފި
އޭޑީކޭ ބޮންޑުގެ ފުރަތަމަ ޓްރާންޗުން 50 މިލިއަން
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން