Roadha Mihaaru
ރޯދައަށް އެލައިޑުން ސޯޝަލް މީޑިއާ މުބާރާތްތަކެއް

ރޯދައަށް އެލައިޑުން ސޯޝަލް މީޑިއާ މުބާރާތްތަކެއް

25 ފެބުރުއަރީ 2024

އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އެލައިޑް އިންޝުއަރެންސުން ސޯޝަލް މީޑިއާ މުބާރާތްތަކެއް ބޭއްވުމަށް އިއުލާނުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އެލައިޑް އިންޝުއަރެންސުން ސޯޝަލް މީޑިއާ މުބާރާތްތަކެއް ބޭއްވުމަށް އިއުލާނުކޮށްފި އެވެ.

މި މުބާރާތްތަކާ ގުޅޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާނު ވިދާޅުވީ ރޯދަ މަހަށް ފޭސްބުކްގައި މަދަހަ މުބާރާތެއް އަދި "އިންޝުއާޑް ލައިފް ވިތު އެލައިޑް" ހޭޝްޓެގަށް ޓިކްޓޮކް ހެދުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިރުޝާން ވިދާޅުވީ ފޭސްބުކް މަދަހަ މުބާރާތަކީ ޖަޖުންގެ ޕެނަލަކުން މާކްސް ދީގެން ވަނަ ހޮވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށާއި މި މުބާރާތުގެ އެންމެ މޮޅު ބައިވެރިޔަކަށް އައިޕެޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތާއި ހިލާފަށް ޓިކްޓޮކްގައި ވާދަކުރާ ފަރާތްތަކުގެ ނެގުމަށް ހަމަޖެހިފައި ވަނީ ގުރުއަތެއް ކަމަށާއި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 3000ރ. ގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އެލައިޑުގެ ފޭސްބުކް މަދަހަ މުބާރާތަކީ 12 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. މި މުބާރާތުގައި ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން #އެލައިޑްމަދަހަ ހޭޝްޓެގުގައި ބެލެނިވެރިންނަށް ކުދިންގެ މަދަހަ ވީޑިއޯ ޕޯސްޓުކުރެވޭނެ އެވެ. މި ވީޑިއޯ ޕޯސްޓުކުރަން ޖެހޭނީ ޕަބްލިކް ސެޓިންގަ އެވެ.

ޓިކްޓޮކުގައި އެލައިޑްއިން ހުޅުވާލި މުބާރާތުގައި ބައިވެރިކުރެވޭނީ #އިންޝުއަރލައިފްވިތްއެލައިޑް ހޭޝްޓެގުގައި އެ ހޭޝްޓެގުގައި އެ ބުނާ އެއްޗަކާ މެދު ދެކޭގޮތް ނުވަތަ އިންޝުއަރެންސް ސިފަވާ ގޮތް މާނަކޮށް، ތަޖުރިބާގެ އަލީގައި ނުވަތަ ކްރިއޭޓިވް ހިޔާލެއްގެ މައްޗަށް ބިނާކޮށް ހަދާ ޕޯސްޓު ކުރާ ޓިކްޓޮކް ވީޑިއޯއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

އެލައިޑުން ރޯދަ އަށް ހާއްސަކޮށް ފެށި ޕްރޮމޯޝަންތަކުގެ ތެރޭގައި ގެދޮރުގައިވާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން ހަ ލައްކަ ފަންސާސްހާސް ރުފިޔާއާ ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަގާ ކަސްޓަމަރުންނަށް، އެ ޕްލޭނާ އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދިނުމަށް ހަމަޖައްސައިފަ އެވެ. މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނެކެވެ. މިއީ އޮންލައިންކޮށް އެލައިޑް އެޕުންނާއި މައި އެލައިޑް ޕޯޓަލުން ނެގޭ ޕްލޭނެކެވެ. މި ޕްލޭނުން ލިބޭ ކޮމްޕްލިމެންޓަރީ ގިފްޓް ރިޑީމް ކުރެވޭނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމާ ފްރަންޓް އޮފީސް ހުންނަ އިމާރާތް، ހ. އޯކިޑުންނެވެ.