30 ޖެނުއަރީ 2024
އެލައިޑް އިންޝުއަރެންސަށް 39 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ގިވްއަވޭ ސީރީޒެއް ތައާރަފްކޮށްފި އެވެ.
އެލައިޑް އިންޝުއަރެންސަށް 39 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ގިވްއަވޭ ސީރީޒެއް ތައާރަފްކޮށްފި އެވެ.
މި ސީރީޒްގެ ދަށުން އޮންލައިންކޮށް ޕޮލިސީ ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ހަދިޔާ، ޕޮލިސީ ގަންނަތާ 30 ދުވަހުގެ ތެރޭ އެލައިޑް އޮފީހަށް ދިއުމުން ލިބޭނެ އެވެ.
އެލައިޑުން ގިވްއަވޭ ސީރީޒްގައި ހިމެނެނީ އާއްމު ދިރިއުޅުމާއި އޮފީހުގައި ބޭނުންކުރެވޭނެ މުހިންމު ހަދިޔާތަކެވެ. އޭގެ ތެރޭގައި ކުޑަ، ކޯޓު، ތޮފި، ރީޔޫޒަބަލް ކޮތަޅު، ނޯޓްބުކް، ޕެންސިލް ސެޓް، އެގްޒެކެޓިވް ބޮކްސް އަދި ފޯން ސްޓޭންޑު ފަދަ ހަދިޔާތައް ހިމެނެ އެވެ.
އެލައިޑުގެ ގިވްއަވޭ ސީރީޒްގެ އިތުރުން އެ ކުންފުންޏަށް 39 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުން ފެށިގެން، ޕޮލިސީ ގަންނަ 39 ކަސްޓަމަރުން ހަމަވަންދެން ޕޮލިސީ ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެލައިޑުން އަހަރީ ދުވަސް ފާހަގަކުރުމަށް މި އަހަރު ވެސް ކަޕްކޭކު ބަހަން ވަނީ ހަމަޖެހިފަ އެވެ.
އެލައިޑުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ފާއިތުވި އަހަރުގެ އެންމެ ރަނގަޅު ތިން ބްރޯކަރުންނާއި ތިން އެޖެންޓުންނަށް އެވޯޑު ވެސް ވަނީ ދީފަ އެވެ. އަދި އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ފުލުހުންގެ ރައްކާ ޕްރޮގުރާމާއި މޯލްޑިވްސް ރެޑްކްރެސެންޓުގެ ކޯޕަރޭޓް ހިއުމެނިޓޭރިއަން އިނީޝިއޭޓިވްގައި ބައިވެރިވެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެލައިޑުގެ ސޭލްސްއަށް 28 ޕަސެންޓުގެ އިތުރުވުމެއް
ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް ދީފި
އާއްމުންނަށް ލައިފް އިންޝުއަރެންސާ ގުޅޭ މައުލޫމާތު ދެނީ
ޗައިލްޑް އެޑިއުކޭޝަން ޕްލޭނުން ޑިސްކައުންޓު ދޭ މުއްދަތު އިތުރުކޮށްފި
މެރިން ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް
ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު ސޮއިކޮށްފި
ޗައިލްޑް އެޑިއުކޭޝަންގެ ތަކާފުލް ޕްލޭނަށް ޑިސްކައުންޓެއް
ރޯދައަށް އެލައިޑުން ސޯޝަލް މީޑިއާ މުބާރާތްތަކެއް
އެލައިޑުން ދެ އިނީޝިއޭޓިވްއެއްގައި ބައިވެރިވެއްޖެ
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ޖަމިއްޔާތައް ހޮވައިފި