Roadha Mihaaru
ގުޅުން ބަދަހިކުރަން މައިލޯގެ "ކަނެކްޓް" ފޯރަމް

ކުޅިވަރުގެ ދާއިރާއާ ގުޅުން ބަދަހިކުރަން މައިލޯގެ "ކަނެކްޓް" ފޯރަމް

23 ފެބުރުއަރީ 2024

ރާއްޖޭގެ ކުޅިވަރު ދާއިރާގެ އެސޯސިއޭޝަންތަކާއި، އެ ދާއިރާގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން "މައިލޯ ކަނެކްޓް"ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ކުޅިވަރު ދާއިރާގެ އެސޯސިއޭޝަންތަކާއި، އެ ދާއިރާގެ އެކި ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ގޮތުން "މައިލޯ ކަނެކްޓް"ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި އެވެ.

މި ފޯރަމުގައި ހެޑް އޮފް އެކްސްޕޯޓްސް, ނެސްލޭ ލަންކާ ދިޝާން ވިޖަޔަވަރުދިނާ އާއި ނެސްލޭ ލަންކާ މެނޭޖިން ޑައިރެކްޓަރު ސެޓެފަން ބާނާޑް ބައިވެރިވެވަޑައިގަތެވެ. އަދި ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އާއި ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑައިރެކްޓަރު އާމިރު މަންސޫރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ އެކި ސްޕޯޓްސް އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ފޯރަމުގައި އެ ފަރާތްތަކުން ވަނީ މައިލޯއިން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށްފަ އެވެ. އަދި މައިލޯގެ ސްޕޮންސާޝިޕާއި އެކު, އެކި ކުޅިވަރުތައް އިތުރު ހަރުފަތްތަކަށް ގެންދެވިފައިވާ ކަމަށާއި, ކުޅިވަރުގެ ދާއިރާއަށް މީހުން ނެރެ, ތަމްރީނު ކުރުމުގައި މައިލޯގެ ޕްރޮގުރާމުތަކުން ލިބެމުންދާ އެހީ ފާހަގަކުރި އެވެ.

މި ފޯރަމްގައި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން މައިލޯ އަކީ ދެމެހެއްޓެނި ގޮތުގައި ކުޅިވަރާ ގުޅޭ ކަންތައްތައް ކުރިއެރުވުމަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުންދާ ކުންފުނީގެ ގޮތުގައި ސިފަކުރި އެވެ.

މި ފޯރަމްގައި ނެސްލޭ ލަންކާ މެނޭޖިން ޑައިރެކްޓަރު ސެޓެފަން ބާނާޑް ވަނީ ނެސްލޭ އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ހިތްވަރުދީ, ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ. އަދި މި ކުންފުނިން ކުޅިވަރަށް ދޭ އަހައްމިޔަތަކީ އެކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ބާނާޑް ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ކުޅިވަރު ތަރައްގީކުރުމަށް އެކި އެސޯސިއޭޝަންތަކާއި އެކު މިހާރަށް ވުރެ ފުރިހަމައަށް ވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި އުއްމީދަކީ ފޯރަމްގެ ސަބަބުން އެސޯސިއޭޝަންތަކާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިވެ, އެ ފަރާތްތަކުން ކުރިއަށް ރާވާފައި ހުރި ކަންތައްތަކާއި މެދު ހިޔާލު ބަދަލުކުރުން ކަމަށް ވިދާޅުވި އެވެ.

މައިލޯ އަކީ ރާއްޖޭގެ އަށް ސްޕޯޓްސް އެސޯސިއޭޝަނާއި 5އަށް ވުރެ ގިނަ ސްޕޯޓްސް އެކަޑަމީގެ ޕްރިންސިލް ސްޕޮންސާ އަދި ޕާޓްނަރެވެ. މައިލޯ އަކީ ކުޅިވަރުގެ ދާއިރާއަށް ޒުވާނުންނާއި ކުޑަކުދިން ނެރެ ތަމްރީނުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.