Roadha Mihaaru
30 އަށްވުރެ ގިނަ ޓީމާއެކު އެކަޑަމީ މުބާރާތް ފަށައިފި

30 އަށް ވުރެ ގިނަ ޓީމާ އެކު ސޮކާ ވެޓަރަންސްގެ މައިލޯ އެކަޑަމީ މުބާރާތް ފަށައިފި

26 އެޕްރީލް 2024

ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބާއްވާ، މައިލޯ އެކަޑަމީ މުބާރާތް 30 އަށް ވުރެ ގިނަ ޓީމާ އެކު މިއަދު ފަށައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބާއްވާ، މައިލޯ އެކަޑަމީ މުބާރާތް 30 އަށް ވުރެ ގިނަ ޓީމާ އެކު މިއަދު ފަށައިފި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާ މުބާރާތް ހާއްސަކޮށްގައި ވަނީ 10 އަހަރުންދަށުގެ އުމުރުފުރާ އަށެވެ. ޖުމުލަ 23 އެކަޑަމީއަކުން 31 ޓީމު ވާދަ ކުރެ އެވެ.

މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިތުރުން ހަތަރު އޮތަޅަކަށް ނިސްބަތްވާ އެކަޑަމީ ވެސް މުބާރާތުގައި ވާދަ ކުރެ އެވެ. ސޮކަ ވެޓަރަންސް އެސޯސިއޭޝަނުން ބުނީ 500 އަށް ވުރެ ގިނަ ކުދިންގެ ކުޅުން މުބާރާތުގައި ފެންނާނެ ކަމަށެވެ.

މިއީ އެކަޑަމީތަކަށް ހާއްސަކޮށް، ސްކަ ވެޓަރަންސުން މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ، ޖޫނިއާ އުމުރުފުރާ އަށް ކޮންމެ އަހަރަކު މަދުވެގެން ތިން މުބާރާތް ސޮކަ ވެޓަރަންސުން ބާއްވަ އެވެ. އެއީ 14 އަހަރުން ދަށް، 12 އަހަރުން ދަށް އަދި 10 އަހަރުން ދަށެވެ.

ރާއްޖޭގައި ޖޫނިއާ ފުޓްބޯޅަ އަށް ހާއްސަކޮށް އެންމެ ގިނަ ހަރަކާތްތައް ބާއްވާ އަމިއްލަ ފަރާތަކީ ސޮކަ ވެޓަރަންސް އެވެ.