Roadha Mihaaru
ޖަޕާނު "ކިޓްކެޓް" އޮރިގަމީ އަށް ހާއްސަ

ޖަޕާނު "ކިޓްކެޓް" އޮރިގަމީ އަށް ހާއްސަ

16 އޯގަސްޓް 2019

ނެސްލޭގެ ކިޓްކެޓް ޗޮކްލެޓަށް އެންމެ ބޮޑު މާކެޓަށް އޮންނަ ގައުމަކީ ޖަޕާނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ދުވާލެއްގެ މައްޗަށް އެ މިލިއަން މިނީ ކިޓްކެޓް ބާ ވިކެ އެވެ. އެއާއެކު ނެސްލޭ ޖަޕާން ވެފައި ވަނީ ޗޮކްލެޓް ބަންދުކުރަން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 380 ޓަނުގެ ޕްލާސްޓިކް ބޭނުންކުރާ ތަނަކަށެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނެސްލޭގެ ކިޓްކެޓް ޗޮކްލެޓަށް އެންމެ ބޮޑު މާކެޓަށް އޮންނަ ގައުމަކީ ޖަޕާނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި ދުވާލެއްގެ މައްޗަށް އެ މިލިއަން މިނީ ކިޓްކެޓް ބާ ވިކެ އެވެ. އެއާއެކު ނެސްލޭ ޖަޕާން ވެފައި ވަނީ ޗޮކްލެޓް ބަންދުކުރަން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 380 ޓަނުގެ ޕްލާސްޓިކް ބޭނުންކުރާ ތަނަކަށެވެ،

އެކަމަކު މިހާރު އަމާޒު ހިފާފައި މިއޮތީ ޕްލާސްޓިކާ ދުރުވުމަށެވެ. މިކަމަށް ފެށި މަސައްކަތުގެ ތެރެއިން ނެސްލޭ ޖަޕާނުން މިހާރު އަންނަނީ ތިމާވެއްޓާ ވަރަށް ރައްޓެހި ކަރުދާހަކުން މިނީ ޗޮކްލެޓް ބަންދުކޮށް ނެރެން ތައްޔާރުވަމުންނެވެ.

މީގެ ހާއްސަ ކަމަކީ އުކާލުމުގެ ބަދަލުގައި "އޮރިގަމީއެއް" ގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗަކަށްވުމެވެ. އެހެންވެ ކުރިއާ ހިލާފަށް ކިޓްކެޓް މިނީ ބާ ބަންދުކޮށްފައި ހުންނަ ކަރުދާހުން ވަރަށް ފަސޭހަކޮށް އެކި ކަހަލަ ކްރިއޭޓިވް އުފެއްދުންތައް ތައްޔާރު ކުރެވޭނެ އެވެ. އަދި މިއީ މިކަހަލަ މަސައްކަތްތައް ކުރަން ލޯބިކުރާ ކުދިންނަށް ކިޓްކެޓާ އެކު އާ ހޮބީއެއްގެ ތެރެއަށް ވެސް ގެންގޮސް ދޭނެ ކަމަކަށް ވާނެ އެވެ.

ނެސްލޭ ޖަޕާނުން ބުނި ގޮތުގައި ކިޓްކެޓް މިނީ ބާގެ ޕެކެޖިން އަށް ގެނައި ބަދަލާ އެކު، އެންމެ މަގުބޫލު ރަހަތައް ވެސް ނެރޭނެ އެވެ.

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ނެސްލޭ ޖަޕާނުގެ އަމާޒަކީ 2025 އާ ހަމައަށް އަންނަ އިރު، އެ ކުންފުނީގެ އުފެއްދުންތަކުގައި 100 ޕަސަންޓް ތިމާވެއްޓާ ރައްޓެހި އުފެއްދުންތައް ބޭނުން ކުރުމެވެ.