ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ލެބޯޓްރީގެ ހިދުމަތް ލިބެންނެތް 76 ރަށުގައި ލެބޯޓްރީގެ ހިދުމަތް ފެށުމުގެ މަޝްރޫއު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އާންމު ސިއްހީ ހިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި މީހުން އާބާދުވެފައިވާ ކޮންމެ ރަށެއްގައި، ސިއްހީ ފަރުވާއަށް ބޭނުންވާ ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ލެބޯޓްރީގެ ހިދުމަތް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން މިހާތަނަށް ލެބޯޓްރީއެއްނެތް ހަތަރު ރަށެއްގައި މިއަދު މި ހިދުމަތް ދޭން ފަށާނެ އެވެ. އަދި އަންނަ މެއި މަހުގެ ކުރިން، ލެބޯޓްރީ ނެތް ބާކީ 72 ރަށުގައިވެސް މި ހިދުމަތް ދޭން ފަށާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމަކީ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، ފެންވަރު ރަނގަޅު، އިތުބާރުކުރެވޭ ނިޒާމަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރާ ކަމުގައި ވިދާޅުވެފަ އެވެ. އަދި ސިއްހީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ހިދުމަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްކަންދޭންޖެހޭ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ރޭޕް އެވިޑެންސް ކިޓް ހުރީ ދެ ހޮސްޕިޓަލްގައި: އެފްޕީއޭ
އިތުރު ގަޑީގެ ފައިސާ އުނި ނުކުރަން ގޮވާލައިފި
ހިޖާމާއިން ބަރުދަން ލުއިވާ ކަމަށް ބުނި މައްސަލަ ބަލަނީ
"2.0 އިން ސިއްހީ ދާއިރާއަށް އިންގިލާބެއް އަންނާނެ"
ދެ ސަރަހައްދެއްގައި ޓެލެމެޑިސިން ފަށަން ތައްޔާރުވެއްޖެ
ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި